ވެލާނާގޭ މުވައްޒަފުންގެ ކަންބޮޑުވުމަކީ ސައިކަލުތައް ޓޯކުރުން

ވެލާނާގޭ މުވައްޒަފުންގެ ކަންބޮޑުވުމަކީ ސައިކަލުތައް ޓޯކުރުން
ލިޔުން:
ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިންގްގެ ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހަދާ ސައިކަލުތައް ޓޯ ކޮށްފައިވާތީ އެ ބިލްޑިންގުގަ އުޅޭ ބައެއް މުވައްޒަފުން މުޒާހަރާ ކޮށްފިއެވެ.
މުވައްޒަފުންގެ ކަންބޮޑުވުން ތަކަކީ، ވެލާނާގެ ބިލްޑިންގު ކައިރީ ހަދާފައިވާ ޕާކިން ޒޯނުގައި ޕާކް ކުރުން ކުއްލި ގޮތަކަށް މަނާކުރުމާ، އޮފީސް ދުވަހެއްގަ އެންގުމެއް ނެތި ސައިކަލުތައް ޓޯ ކުރުމާ، ޕާކުކުރެވޭނެ ގޮތެއް ނެތުމެވެ.
"މިއަދު އައި އިރު މިއޮތީ މިސަރަހައްދު ސަތަރި ޖަހާ ބަންދުކޮށްފަ ، އެހެންވެ މި އިހުތިޖާޖު ކުރަނީ " މުޒާހަރާގެ ބައިވެރިއަކު 'މިނިވަން' އަށް ކިޔައިދިނެވެ.
މުޒާހަރާގެ ބައިވެރިން ބުނީ، މިއީ އެ އިމާރާތުގައި ހިންގާ ހުރިހާ އޮފީހެއްގެ އާދައިގެ މުވައްޒަފުންގެ ކަންބޮޑުވުމެއްކަމުގައެވެ.
" މިތާ މިތިބީ ހަމަ ހުރިހާ އޮފީހެއްގެ އާދައިގެ ސިވިލްސާވިސް މުވައްޒަފުން، ސިޔާސީ ވެރިންނަށް ، މިއިމާރާތުގެ ތިރީގަ ވެސް ޕާކު ކުރަން ޖާގަ ލިބޭ، އާދައިގެ މީހުނަށް ނެތް ޖާގަ އެއް " މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.
އިހުތިޖާޖު ކުރާ މުވައްޒަފުން ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރި އަށް ވެސް ދިޔައެވެ. މިއަދު މަޖިލީހުގެ ސަމާލުކަމަށް ވަނީ މިމައްސަލަ އައިސްފައެވެ.
އިހުތިޖާޖު ގެ ދެވަނަ ބައިވެރިއަކު ވެސް ' މިނިވަން' އަށް އެމީހުންގެ ކަންބޮޑުވުންތައް ކިޔައިދިނެވެ.
" ފުރަތަމަ ކަމަކީ މިތާ ކުރިމަތީ އެ އޮތް ގްރީން ޒޯނު، މީހުން އެއްވާން ފުރުސަތު ދީފަ، ޕާކިން ޒޯނެއް ނުހަދާ އެ އޮތީ، ދެވަނަ ކަމަކީ މިމަހު 12 ވަނަ ދުވަހު މިސަރަހައްދުގަ އޮތްހާ އެއްޗެއްގަ ސްޓިކާ ޖެހީ އަންގާ ވެސް ނުލާ، ތިން ވަނަ ކަމަކީ ، މިހިރަ ދަގަނޑު ޕާކިން އެކޭ ކިޔާފަ ބޮޑު އެތިގަނޑެއް އެއިންނަނީ ބޭކާރު، އޭތި ނަގާނަމޭ ކިޔާފަ ނުވެސް ނަގާ، އަނެއްކާ މިސަރަހައްދުގަ އޮތްހާ ސައިކަލެއް ނެގި، ޓޯ ކުރީ އަންގާލުމެއް ނެތި، އަޅުގަނޑުމެން ދެން ކޮންތާކު ތޯ ޕާކު ކުރަންވީ "
ވެލާނާ ބިލްޑިންގްގެ ކުރިމަތީގައި ގަވާއިދާ ހިލާފަށް ރަސްމީ ގަޑީގައި ޕާކް ކޮށްފައި ހުރި، ހުރިހާ ސައިކަލެއްގައި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ސްޓިކާ ޖަހާފައިވާ އިރު އެ އިމާރާތް ހުންނަ އަމީރު އަހްމަދު މަގުން، އެ އިމާރާތުގެ ކުރިމަތީގައި ވެހިކަލް ޕާކުކުރުމަކީ ކުރިން ވެސް މަނާކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
