މާލެ: 31°C
ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އިތުރު މީހުން އަތުން ފައިސާ ނަގާފައިވޭތޯ ބަލަނީ

ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އިތުރު މީހުން އަތުން ފައިސާ ނަގާފައިވޭތޯ ބަލަނީ

May 5, 2024
3 ފަހަރު ބަލާފައި
ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އިތުރު މީހުން އަތުން ފައިސާ ނަގާފައިވޭތޯ ބަލަނީ
ރާއްޖެއިން ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކެއްގެ ތަހުގީގަށް އިތުރު ބައެއްގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަނީ "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް" އަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން، ވެހިކަލް ގެންނަން އެ ކުންފުންޏަށް ފައިސާ ދައްކަވާފައިވާ ފަރާތެއްވާނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ. ފަހަކަށް އައިސް ކާރު ފަދަ ވެހިކަލްތައް ގެނެސްދޭނެ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިފަދަ ލަނޑުތައް ލިބި، އެފަދަ ވާހަކަތައް ބައެއް މީހުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުންދާކަން ފާހަގަކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ