ޝިއުނާ ވިދާޅުވީ އެ މުވައްޒަފަށް ފިޔަވަޅު އަޅަން (އެކަމާ ބެހޭ ޑިޕާޓްމަންޓާ) ހަވާލުކޮށްފައިވާ ކަަމަށެވެ.
ހެންވޭރު ސަހަރާގެ މަހާނައެއް ކޮނުނީ ސިޓީކައުންސިލްގެ "ހުއްދައާ އެކުގައި ތޯ ނުވަތަ ނޫންތޯ އަދި ހުއްދަޔާ އެކުގައި ކޮނުނު ކަމަށް ވަންޏާ މުވައްޒަފަށް ފިޔަވަޅު އަޅަނީ ކީއްވެތޯ " މީޑިއާ އޮފިޝަލާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސާފު ޖަވާބެއް ނުދެއްވަ އެވެ. އެހެން ނަމަވެސް މަހާނަ ކޮނެގެން ނަގާފައިވާ ތަކެތީގެ ފޮޓޯ ސިޓީ ކައުންސިލަށް ލިބިފައި ވާތީ، ކޮނުނު މީހުން އެކައުންސިލާ މުއާމަލާތް ކުރިކަން އެނގެ އެވެ.ވީޑިއޯއިން ފެންނަނީ މިނިކަށި ނަގާ މަންޒަރެއް ނޫން، މުވައްޒަފަށް ފިޔަވަޅު އަޅާނަން: މާލެ ސިޓީކައުންސިލް

ވީޑިއޯއިން ފެންނަނީ މިނިކަށި ނަގާ މަންޒަރެއް ނޫން، މުވައްޒަފަށް ފިޔަވަޅު އަޅާނަން: މާލެ ސިޓީކައުންސިލް
ލިޔުން:
ހެންވޭރު ސަހަރާގެ މަހާނައެއް ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ބަޔަކު އާއްމުކޮށްފައި ވާއިރު އެއީ ސިހުރު ހަދަން މިނިކަށި ނަގަން ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކުރި ނަމަވެސް އެ ވީޑިއޯއިން ފެންނަނީ މިނިކަށި ނަގާ މަންޒަރު ނޫން ކަމަށް މާލޭ ސިޓީކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭ ސިޓީކައުންސިލްގެ މީޑިއާ ގްރޫޕަށް އެ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ސަހަރާއިން ނަގާފައި ވަނީ "ސިހުރު ހަދައި ވަޅުލާފައިވާ ފިލާކޮޅުތަކެއް" ކަމަށެވެ. ސިހުރު ހަދާފައިވާ ފިލާކޮޅުތައް ކަމަށް ބުނާ ތަކެތީގެ ފޮޓޯތަކެއް ވެސް އެއާ އެކު އޭނާ ހިއްސާކުރެއްވި އެވެ. މަހާނައެއް ކޮނެގެން އެއްޗެއް ނަގާ މަންޒަރު ފެންނަ ވީޑިއޯގައި، އެކަމުގައި ހަރަކާތްތެރިވާ ދެމީހުންގެ އިތުރުން ސިޓީކައުންސިލްގެ ޔުނިފޯމްގައި ހުރި މީހަކު ވެސް ފެނެ އެވެ.
ޝިއުނާ ވިދާޅުވީ އެ މުވައްޒަފަށް ފިޔަވަޅު އަޅަން (އެކަމާ ބެހޭ ޑިޕާޓްމަންޓާ) ހަވާލުކޮށްފައިވާ ކަަމަށެވެ.
ހެންވޭރު ސަހަރާގެ މަހާނައެއް ކޮނުނީ ސިޓީކައުންސިލްގެ "ހުއްދައާ އެކުގައި ތޯ ނުވަތަ ނޫންތޯ އަދި ހުއްދަޔާ އެކުގައި ކޮނުނު ކަމަށް ވަންޏާ މުވައްޒަފަށް ފިޔަވަޅު އަޅަނީ ކީއްވެތޯ " މީޑިއާ އޮފިޝަލާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސާފު ޖަވާބެއް ނުދެއްވަ އެވެ. އެހެން ނަމަވެސް މަހާނަ ކޮނެގެން ނަގާފައިވާ ތަކެތީގެ ފޮޓޯ ސިޓީ ކައުންސިލަށް ލިބިފައި ވާތީ، ކޮނުނު މީހުން އެކައުންސިލާ މުއާމަލާތް ކުރިކަން އެނގެ އެވެ.
ޝިއުނާ ވިދާޅުވީ އެ މުވައްޒަފަށް ފިޔަވަޅު އަޅަން (އެކަމާ ބެހޭ ޑިޕާޓްމަންޓާ) ހަވާލުކޮށްފައިވާ ކަަމަށެވެ.
ހެންވޭރު ސަހަރާގެ މަހާނައެއް ކޮނުނީ ސިޓީކައުންސިލްގެ "ހުއްދައާ އެކުގައި ތޯ ނުވަތަ ނޫންތޯ އަދި ހުއްދަޔާ އެކުގައި ކޮނުނު ކަމަށް ވަންޏާ މުވައްޒަފަށް ފިޔަވަޅު އަޅަނީ ކީއްވެތޯ " މީޑިއާ އޮފިޝަލާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސާފު ޖަވާބެއް ނުދެއްވަ އެވެ. އެހެން ނަމަވެސް މަހާނަ ކޮނެގެން ނަގާފައިވާ ތަކެތީގެ ފޮޓޯ ސިޓީ ކައުންސިލަށް ލިބިފައި ވާތީ، ކޮނުނު މީހުން އެކައުންސިލާ މުއާމަލާތް ކުރިކަން އެނގެ އެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
