
ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ހެނދުނަށް ތާވަލުކުރި ޖަލްސާ ފަސްކޮށްފި
ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ހެނދުނަށް ތާވަލުކުރި ޖަލްސާ ފަސްކޮށްފި
ލިޔުން:
ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް މިއަދު ހެނދުނު 11:00 ގައި ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ގަޑި ފަސްކޮށްފި އެވެ.
އެގޮތުން މަޖިލީހުގެ ދައުރުން ބޭރު ދެވަނަ ޖަލްސާ މިހާރު ވަނީ މެންދުރުފަހު 1:00 އަށް ފަސްކުރެވިފައެވެ.
ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ހިމަނައި އިއްޔެ ވެސް ވަނީ ދައުރުން ބޭރުގައި ޖަލްސާ އެއް ބާއްވަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން އެ ޖަލްސާ ކުރިއަށް ނުގެންދެވޭނެހެން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ހުރަސް އަޅުއްވާފައެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް މެންދުރުފަހު 1:30 ގައި ހަމަޖެއްސި ނަމަވެސް ޑިމޮކްރެޓުންނާއި އެމްޑީޕީގެ މެންބަރުންނަށް ނުވަދެވޭނެހެން ޕީޕީއެމް ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހުގެ ޗެމްބަރުގެ ދޮރު ތަޅުލާފައެވެ.
އަދި އެ ދަންފަޅިތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި، ސަރުކާރާއި އިދިކޮޅު މެންބަރުންތަކެއްގެ މެދުގައި މާރާމާރީ ހިންގައި މެމްބަރުންތަކަކަށް ވަނީ އަނިޔާ ވެސް ވެފައެވެ.
އެއަށްފަހު ރޭ 8:00 އަށް އަނެއްކާވެސް ވޯޓަށް އެހުން ތާވަލު ކުރިއެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ރިޔާސަތަށް ހުރަސް އަޅައި ޖަލްސާ ފެށިޔަ ދީފައެއް ނުވެއެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ މައިކު ވެސް ނަގާފައިވެއެވެ.
އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދޭން ނިންމާފައެވެ އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އުޝާމަށެވެ.
ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ރޭ ވިދާޅުވެފައިވަނީ މިހާރު ގިނަ މެންބަރުންގެ ވިސްނުން ގިނަ މިނިސްޓަރުންތަކަކަށް ރުހުން ނުދޭން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
