
ވަޒީރުންނާ ސުވާލުކުރަން ހުށަހެޅުމަށް ފަހު ކެންސަލް ކުރާތީ ނަޝީދުގެ ކަންބޮޑުވުން
ވަޒީރުންނާ ސުވާލުކުރަން ހުށަހެޅުމަށް ފަހު ކެންސަލް ކުރާތީ ނަޝީދުގެ ކަންބޮޑުވުން
ލިޔުން:
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ސުވާލުކުރުމަށް ހުށަހެޅުއްވުމަަށް ފަހު މެމްބަރަކު އެކަން އަނބުރާ ގެންދަވާތީ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔތިުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާ ސުވާލުކުރައްވަން ގިނަ އަދަދެއްގެ މެމްބަރުން ހުށަޅުއްވާފައިވާ ކަަމަށާއި ވަޒީރުންނާ ކުރައްވާނެ 20 ސުވާލެއް މިހާރު ވެސް ކިއުގައި އެބަ އޮތް ކަމަށެވެ. އެހެން އެކަން އޮއްވާ ވަޒީރަށް ސުވާލު ހުށަހެޅުއްވުމަށް ފަހު ކެންސަލް ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެވެ.
"ނޮޅިވަރަމް ދާއިރާގެ އިއްޒަތްތެރި މެމްބަރު ވަޒީރަށް ސުވާލުހުށަހެޅުއްވުމަށް ފަހުގައި ރޭގައި ވަނީ އެ ސުވާލު އަނބުރާ ގެންދަވާފައި. މީގެ ކުރީ ފަހަރެއްގައި ވެސް އިއްޒަތްތެރި މެމްބަރު އަމަލުކުރެއްވީ އެގޮތަށް. އެހެން ހެއްދެވީމާ އެހެން އިއްޒަތްތެރި މެމްބަރުން ކުރައްވަން އެދިވަޑައިގަންނަވާ ސުވާލުތައް ކިއުގައި އޮވެމެ އެހެން ނަމަވެސް ފުރުސަތު ނުލިބި މިދަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިއަދު ވެސް މިއީ އެގޮތަށް ފުރުސަތު ގެއްލޭނެ ދުވަހެއް ކަަމަށާއި އެގޮތަށް ކަންތައް ނުކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
