މާލެ: 31°C
ޝަހީމް، އުޝާމް އަދި ހައިދަރު ފިޔަވާ އެހެން މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި

ޝަހީމް، އުޝާމް އަދި ހައިދަރު ފިޔަވާ އެހެން މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި

January 29, 2024
3 ފަހަރު ބަލާފައި
ޝަހީމް، އުޝާމް އަދި ހައިދަރު ފިޔަވާ އެހެން މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި
އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިން މިނިސްޓަރަކަށް އައްޔަންކުރި ޑރ. އަލީ ހައިދަރު ފިޔަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަައްޔަން ކުރެއްވި ކެބިނެޓުގެ އެހެން ވަޒީރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިއަދު މަޖިލީހުގައި ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގައި ވަނީ މިނިސްޓަރުންނަށް ރުހުން ދޭން ވޯޓު ނަގާފައެވެ.
  1. - ޑިފެންސް މިނިސްޓަރަކަށް ގައްސާން ހުންނަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމަވައިފި  - ލިބުނު ވޯޓު 71
  2. - ފޮރިން މިނިސްޓަރަށް މޫޒާ ޒަމީރު ހުންނަން ފެނިވަޑައި ގަންނަވާ ކަމަށް ނިންމައިފި- ލިބުނު ވޯޓު 70
  3. - ހޯމްލޭންޑް މިނިސްޓަރަށް އަލީ އިހްސާން ހުންނަން ފެނިވަޑައި ގަންނަވާ ކަމަށް ނިންމައިފި -  ވޯޓު 68
  4. - ފިނޭންސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަފީގަށް ރުހުން ދީފި- 70 ވޯޓު
  5. -  އެޑިއުކޭޝަން މިނިސްޓަރަށް އިސްމާއީލް ޝަފީއު ހުންނަވަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމައިފި- 57
  6. - ހެލްތް މިނިސްޓަރު ކަމަށް އަބްދުﷲ ހަލީލް ހުންނަވަން މަޖިލީހުން ރުހުން ދީފި - 69
  7. - އިކޮނޮމިން މިނިސްޓަރު މުހައްމަދު ސައީދު އަށް މަޖިލީހުން ރުހުން ދީފި - 37 ފެންނަ
  8. - ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އަހްމަދު ޝިޔާމަށް މަޖިލީހުން ރުހުން ދީފި 69 ވޯޓު
  9. - ޓޫރިޒަމް މިނިސްޓަރަކަށް، އިބްރާހިމް ފައިސަލް ހުންނެވުމަށް، މަޖިލީހުން ރުހުން ދީފި-58 ވޯޓު
  10. - އެޓާނީ ޖެނެރަލް ގެ މަގާމަށް އަހްމަދު އުޝާމް ހުންނަވަން މަޖިލީހުން ރުހުން ނުދިން- އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ
  11. - އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދިން - ޑރ.ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް، 30 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓުނުދެއްވައި އަށް މެމްބަރަކު ތިއްބެވި އެވެ.
  12. - ސޯޝަލް އެންޑް ފެމިލީ މިނިސްޓަރަކަށް ޑރ. އައިޝަތު ޝިހާމް ހުންނަވަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ރުހުން ދީފި- 69 ވޯޓު
  13. - ސްޕޯޓްސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު އަށް ރުހުން ދީފި -  ވޯޓު 70
  14. - އެންވަޔަރަމަންޓް މިނިސްޓަރަކަށް، ތޯރިގް އިބްރާހިމް ހުންނެވުމަށް މަޖިލީހުން ރުހުން ދީފި- 69 ވޯޓު
  15. - ހައުސިން މިނިސްޓަރަކަށް ޑރ. އަލީ ހައިދަރު އަހުމަދު ހުންނެވުމަށް މަޖިލީހުން ރުހުން ނުދިން- ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް 24 މެމްބަރަކު ވޯޓުދެއްވި އެވެ.
  16. - ޓްރާންސްޕޯޓް މިނިސްޓަރަކަށް، މުހައްމަދު އަމީން ހުންނެވުމަށް މަޖިލީހުން ރުހުން ދީފި
  17. - ދިވެހި ލޭންގުއޭޖް މިނިސްޓަރުކަމަަށް އާދަމް ނަސީރު ހުންނެވުމަށް މަޖިލީހުން ރުހުންދީފި- 63 ވޯޓު
  18. - ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ޑރ. މަރިޔަމް މާރިޔާ ހުންނެވުމަށް، މަޖިލީހުން ރުހުން ދީފި- 66 ވޯޓު
  19. - ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އަބްދުﷲ މުއްތަލިބް ހުންނެވުމަށް މަޖިލީހުން ރުހުން ދީފި - 70 ވޯޓު
  20. - އެގްރިކަލްޗާ މިނިސްޓަރަކަށް ޑރ އައިޝަތު ރަމީލާ ހުންނެވުމަށް، މަޖިލީހުން ރުހުން ދީފި - 70 ވޯޓު
  21. - ޔޫތު މިނިސްޓަރަކަށް، އިބްރާހީމް ވަހީދު (އަސްވާޑް) ހުންނެވުމަށް މަޖިލީހުން ރުހުން ދީފި - 68 ވޯޓު
  22. - ލޯކަލް ގަވަމެންޓް މިނިސްޓަރު ކަމަށް އާދަމް ޝަރީފް ހުންނެވުމަށް މަޖިލީހުން ރުހުން ދީފި - 70 ވޯޓު
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ