މާލެ: 31°C
ވަޒީރުންނަށް ރުހުން ނުދޭން ނިންމާތީ، މަޖިލިސް ބޭރުގައި އިހުތިޖާޖް ކުރަނީ

ވަޒީރުންނަށް ރުހުން ނުދޭން ނިންމާތީ، މަޖިލިސް ބޭރުގައި އިހުތިޖާޖް ކުރަނީ

January 28, 2024
3 ފަހަރު ބަލާފައި
ވަޒީރުންނަށް ރުހުން ނުދޭން ނިންމާތީ، މަޖިލިސް ބޭރުގައި އިހުތިޖާޖް ކުރަނީ

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ރުހުން ނުދޭން ނިންމުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މީހުންނާއި ސަރުކާރުގެ އިސްވެރިން މަޖިލިސް ކުރާގެ ކައިރީގައި އިހްތިޖާޖު ކުރަން ފަށައިފި އެވެ.

ވަޒީރުނަށް ރުހުންދިނުމަށް ވޯޓުނެގުމުގެ ޖަލްސާ ބާއްވަން ހަމަޖެހިފައި އޮތީ މިއަދު 1:30 ގަ އެވެ. ނަމަވެސް، ޖަލްސާ އަދި ނުފަށާ ލަސްވަމުންދާނީ  ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ތަޅުމުގައި އިހުތިޖާޖު ކުރައްވާތީ އެވެ. ސަރުކާރަށް ތާއީދުކުރާ ބަޔަކު މަޖިލިސް ކުރާ ގޭގެ ކުރިމަތީގައި، ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލައި ދަނީ އަޑު އުފުލަމުންނެވެ. ވެރިކަން ކޯލިޝަންގެ އިސް ބައެއް ބޭފުޅުން ވެސް މަޖިލިސް އިދާރާ ކައިރީގައި އެބަތިއްބެވިއެވެ. އޭގެ ތެރޭގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ހިމެނިވަޑައިގަންނަވައެވެ. އިހްތިޖާޖުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ހުއްޓުވަން ކަމަށެވެ. ވަޒީރުންނަށް ރުހުން ނުދިނުމުގެ އަޑީގައި ހުރީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށްވެސް ވިދާޅުވި އެެވެ. އިދިކޮޅު މެމްބަރުންނަށް ތަޅުމަށް ނުވަދެވޭ ގޮތަށް ދޮރުތައް އެތެރެއިން ތަޅުލާފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. މިޖިލީހުގެ ތަޅުމުގައި މި ވަގުތު ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ގެންދަވަނީ އިހުތިޖާޖު ކުރައްވަމުންނެވެ. ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރު ސައީދަށް ރުހުން ނުދޭން ވަނީ ނިންމާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ