ޖަލްސާ ފެށުމުގެ އިރުކޮޅެއް ކުރިން، ދަ ޑިމޮކްރެޓްސް އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޑިމޮކްރެޓްސް އިން ބުނީ، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ، ބިމާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުމެވެ. އެއަށް ފަހު އޮތީ އިންތިހާބުތަކުގެ އާންމު ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. މީގެ އިތުރުން، ތިން މިނިސްޓްރީއެއްގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެނެސްފައިވާ މައްސަލަ ކޮމެޓީއަށް ފޮނުވުމާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު ވެސް ހިމަނާފައިވެ އެވެ.
މިއަދުގެ ޖަލްސާއަށް 49 މެމްބަރުން ހާޒިރުވެ އެބަތިއްބެވިއެވެ.






