މާލެ: 31°C
ވަޒީރުންނާއި ރައްޔިތުން ބައްދަލުކުރުުމުގެ ފުރަތަމަ ފޯރަމް މި ރޭ

ވަޒީރުންނާއި ރައްޔިތުން ބައްދަލުކުރުުމުގެ ފުރަތަމަ ފޯރަމް މި ރޭ

January 25, 2024
3 ފަހަރު ބަލާފައި
ވަޒީރުންނާއި ރައްޔިތުން ބައްދަލުކުރުުމުގެ ފުރަތަމަ ފޯރަމް މި ރޭ

ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް އެންގުމުގެ ގޮތުން ވަޒީރުން ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރަތަމަ ފޯރަމް މި ރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 20:30 ގަ އެވެ. ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ބާއްވާ މި ފޯރަމްގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން:

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
  • ޖެންޑާ މިނިސްޓަރު އާއިޝަތު ޝިހާމް
  • ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

ދައުލަތުގެ މީޑިއާއިން ބުނީ ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލު ކުރެވޭނެ ކަމަށާއި ފޯނުން ގުޅައިގެންނާއި އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ފޮނުވޭނެ ކަމަށެވެ.

ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް އޮޅުންފިލުއްވައި ދިނުމުގެ އެގޮތުން ކޮންމެ ދެ މަހަކުން ވަޒީރުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްޓަކައި ފޯރަމްތަކެއް ބާއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ