"ވަޒީފާގެ ބޭނުމަށް ޖޭޕީ ދޫކޮށް ދާއިރު" ޕާޓީ ބަދުނާމު ނުކުރަން ގާސިމް އެދިވަޑައިގެންފި

"ވަޒީފާގެ ބޭނުމަށް ޖޭޕީ ދޫކޮށް ދާއިރު" ޕާޓީ ބަދުނާމު ނުކުރަން ގާސިމް އެދިވަޑައިގެންފި
ލިޔުން:
ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުން އެޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅުންނަކީ "ވަޒީފާ ދިފާއުކުރައްވަން މަސައް ކުރައްވާ ބޭފުޅުން" ކަމަށް ވިދާޅުވެ، އެގޮތަށް ވަކިވެވަޑައިގަންނަވާ އިރު ކަމުގެ ހަގީގަތާ އެއްގޮތަށް ވާހަކަ ދައްކަވުން ކީއްތޯ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ސުވާލު ކުރައްވައިފި އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ގާސިމް ތުހުމަތުކުރެއްވި ގޮތުގައި ޖޭޕީން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ ޖޭޕީއާއި އެޕާޓީގެ ލީޑަޝިޕް ބަދުނާމުކުރައްވަން ދެއްކެވި ވާހަކަ ތަކެކެވެ. ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރާނެ ކަން އިއުލާނުކުރުމާއި އެކު ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރް އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ ހަސަން ޝާހު ހިމެނިވަޑައިގަންނަވަ އެވެ.
[embed]https://twitter.com/qasimibrahim/status/1642134988371144704?s=20[/embed]
"ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟،" ޖޭޮޕީ ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅުންނަށް ރައްދު ދެއްވައި ގާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. އެޕާޓީގެ ބައެއް ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކަށް ވަޑައިގެންނެވީ އެ ހައިސިއްޔަތުންނެވެ. ޖޭޮޕީން ރިޔާސީ ރޭހަށް ނުކުންނާނެކަން އިއުލާނު ކުރުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން ގޮވައިލެއްވީ އެޕާޓީގެ ފަރާތުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށެވެ. ގާސިމް އޭރު އެދިވަޑައިގެންނެވީ އެ ބޭފުޅުން އިސްތިއުފާ ނުދެއްވައި ތިއްބެވުމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
