މާލެ: 31°C
ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ދިއްދޫ ފުޓުބޯޅަ ދަނޑު، ރައީސް ހުޅުއްވައިދެއްވައިފި

ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ދިއްދޫ ފުޓުބޯޅަ ދަނޑު، ރައީސް ހުޅުއްވައިދެއްވައިފި

July 20, 2023
2 ފަހަރު ބަލާފައި
ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތާއި ދިއްދޫ ފުޓުބޯޅަ ދަނޑު، ރައީސް ހުޅުއްވައިދެއްވައިފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހއ. ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތާއި، ހއ. ދިއްދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ. ރައީސް ސޯލިހު މި ދެތަން ހުޅުއްވައިދެއްވައިފައި ވަނީ މިއަދު އެމަނިކުފާނު އެ ދެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. ވަށަފަރު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި، އިދާރީ އޮފީސް އަދި ސްޓޯރޭޖު ރޫމްތަކާއި، ލޯންޑްރީ ހިމެނެއެވެ. މިއަދު ރައީސް ސޯލިހު ހުޅުއްވައިދެއްވި އެ އަތޮޅުގެ ދިއްދޫ ފުޓުބޯޅަ ދަނޑަކީ ޓާފް އަޅައިގެން ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ތަފާތުކުރުމެއް ނެތި، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ދަނީ ޢުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ