
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖުކުރި ގާޒީއެއް ސަސްޕެންޑް ކޮށްފި
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖުކުރި ގާޒީއެއް ސަސްޕެންޑް ކޮށްފި
ލިޔުން:
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން އެދި ދިޔަ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް އިސް މެޖިސްޓްރޭޓު އަލީ އާދަމް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުވާ މައްސަލައެއް ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ.
އެމައްސަލައިގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާތްކޮށް ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން އަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ވަނީ އަންގާފައެވެ.
ޖޭއެސްސީން ބުނީ މިފަދައިން ނިންމާފައި ވަނީ އެ ކޮމިޝަނުން ބޭއްވި ކުއްލި ޖަލްސާއެއްގައި ކަމަށެވެ.
އަލީ އާދަމް ސަސްޕެންޑްކުރި އިރު، އަންހެން މީހާ އަށް ގުޅައި މެސެޖްކުރި މައްސަލާގައި ބަޔަކު އޭނަ އަށް މިދިޔަ އަންގާރަ ދުވަހު މަރުގެ އިންޒާރު ވެސް ވަނީ ދީފައިވެ އެވެ. އަދި އެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
