މާލެ: 31°C
ވޭޕް ކާޓްރިޖްތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެ

ވޭޕް ކާޓްރިޖްތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެ

January 11, 2024
3 ފަހަރު ބަލާފައި
ވޭޕް ކާޓްރިޖްތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެ
މާލޭ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުުލުހުން ބުނީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވެއެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދުއްވާ ސައިކަލު ބަލައި ފާސްކުރި އިރު އެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ދީފައިވެއެވެ. އަދި އަންހެން މީހާ ވަނީ ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ