މާލެ: 31°C

ވާނުއާޓޫއަށް ދިން ސުނާމީގެ އިންޒާރު އަނބުރާ ގެންގޮސްފި

January 9, 2023
2 ފަހަރު ބަލާފައި
ވާނުއާޓޫއަށް ދިން ސުނާމީގެ އިންޒާރު އަނބުރާ ގެންގޮސްފި
ވާނުއާޓޫއަށް ދިން ސުނާމީގެ އިންޒާރު އަނބުރާ ގެންގޮސްފި
ދެކުނު ޕެސިފިކް ކަނޑުގެ ގައުމެއް ކަމަށްވާ ވާނުއާޓޫއަށް 7.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފިއެވެ. މި ބިންހެލުން އައިސްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ޖީއެމްޓީ ގަޑިން 11:30 ހާއިރު އެވެ. އެއީ ޕޯޓް އޮރީއާ 23 ކިލޯމީޓަރު (14 މޭލު) ދުރުގައި ކަމަށާއި ބިން ހެލުން އައީ 27 ކިލޯމީޓަރު (17 މޭލު) އަޑިން ކަމަށް އެ އެޖެންސީން ބުންޏެވެ. ޕެސިފިކް ސުނާމީ އިންޒާރުދޭ މަރުކަޒުން ބުނީ ވާނުއާޓޫ ގޮނޑުދޮށްތަކަށް ސުނާމީގެ ނުރައްކަލެއް މިހާރު ނެތް ކަމަށެވެ. އެންމެ ފުރަތަމަ އިންޒާރު ދިނުމުން ވާނުއާޓޫގެ ބައެއް މީހުން ވަނީ ސަލާމަތްވާން ވެގެން އުސްސަރަހައްދުތަކަށް އަރާފައެވެ. އެސްޕިރިޓޫ ސަންޓޯގެ ހޮގް ހާބަރު އަވަށަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ކޭސަން ޕޯރޭ ބުނި ގޮތުގައި ބިންގަނޑު "ވަރަށް ބޮޑު" ތެޅެމުން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. "އަހަރެމެން ތިބީ މޫދުގައި، ގޮނޑުދޮށުގައި ކަނޑޫފާ ހޯދަން،" އޭނާ ބުންޏެވެ. ގާތްގަނޑަކަށް 1،000 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައި ހުންނަ އޭނާގެ ގޭގައި ބިންހެލުމުގެ ސަބަބުން ބަދިގޭގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ. ސުނާމީގެ އުދައަރާނެ ކަމުގެ ބިރަށް މީހުން އުސް ސަރަހައްދުތަކާއި ދިމާލަށް މީހުން ދިޔަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޕޯރޭ ބުނީ އޭނާގެ ރަށުގެ ގެތަކަށް ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ވާނުއާޓޫ އަކީ 280،000 މީހުންގެ އާބާދީއެއް އޮންނަ ޖަޒީރާ ގައުމެކެވެ. އެ ޖަޒީރާ ގިނަ ގިނަ ރަށްތަކެއް ހިމެނެއެވެ. މިދިޔަ ނޮވެމްބަރު މަހު ވާނުއާޓޫގެ އުތުރުން އޮންނަ ކައިރި ޖަޒީރާ ގައުމެއް ކަމަށްވާ ސޮލޮމަން އައިލެންޑްސް އަށް 7.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. މި ހާދިސާގައި ސީރިއަސް އަނިޔާއެއް އަދި ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ޕަޕުއާ ނިއުގިނީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް 30 ސެންޓިމީޓަރު (12 އިންޗި) ގެ ސުނާމީ ރާޅުތަކެއް އަރާފާނެ ކަމަށް ލަފާކޮށް އެލާޓް ވަނީ ނެރެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ