މާލެ: 31°C
ވޭނެއްގެ ތެރެއިން ފެނުނު މީހާގެ މަރުގައި ތުހުމަތުކުރެވޭ ކަމެއް ނުފެނޭ: ފުލުހުން

ވޭނެއްގެ ތެރެއިން ފެނުނު މީހާގެ މަރުގައި ތުހުމަތުކުރެވޭ ކަމެއް ނުފެނޭ: ފުލުހުން

May 16, 2024
3 ފަހަރު ބަލާފައި
ވޭނެއްގެ ތެރެއިން ފެނުނު މީހާގެ މަރުގައި ތުހުމަތުކުރެވޭ ކަމެއް ނުފެނޭ: ފުލުހުން
ހުޅުމާލެ ފޭސް އެކެއްގައި ޕާކް ކޮށްފައި އޮތް ވޭނެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް އަދި ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެއް ކަމަށާއި އޭނާގެ މަރާ ގުޅޭގޮތުން ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އަދި އެމީހާގެ ހަށިގަނޑާ މެދު އަމަލުކުރާނެ ގޮތަކާމެދު އާއިލާއާ ވާހަކަދައްކަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެެވެ. ހުޅުމާލޭގެ ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ނޫކުލައިގެ މިނީ ވޭނެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. މިދިޔަ ހޯމަ ދުވަހު މާލޭ ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން ވެސް ވަނީ މަރުވެފައި އޮތް މީހަކު ފެނިފައެވެ. އެ ހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާގެ ހަޑިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ