ވަޅިން ބިރު ދައްކައި ފޯނެއް ފޭރިގަތް އަންހެނެއް ފުލުހުން ހައްޔަރުކޮށް އެ މީހާގެ ވަނަވަރު އާއްމުކޮށްފިއެވެ.
މާލޭގެ މަގެއްގެ މަތީގައި ވަޅިން ބިރުދައްކައި މީހެއްގެ ފޯނު ފޭރިގަތް މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ބުރުނީގެ އުމުރުން 26 އަހަރުގެ ޝާނާ މުހައްމަދު ޖުނައިދު އެވެ. ފުލުހުން މިހާރުގެންދަނީ އިތުރަށް ތަޙްގީގު ކުރަމުންނެވެ.







