
ވަޅިހެރި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި
ވަޅިހެރި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި
ލިޔުން:
މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭގެ ފިހާރައެެއްގެ ތެރޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކުރިކަމުގައެވެ.
އުމުރުން 30 އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ އެ މީހާ މާފަންނު "ކްރާސާ" ފިހާރައެއްގެ ތެރޭގައި ހުއްޓަ އެވެ.
އޭނާގެ ހަށިގަނޑުގެ އެތަށް ތަނަކަށް ވަޅި ހަރާފައިވެއެވެ. އިއްޔެ އައިޖީއެމްއެޗް އިން ބުނީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދަ ކަމުގައެވެ.
ކޮމިޝަރ އޮފް ފޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ މި މާރާމާރީއަކީ މާލޭގެ 2 ގްރޫޕެއްގެ ދެމެދުގައި ހިނގާ މާރާމާރީ ތަކެއް ކަމަށެވެ. މި މާރާމާރީތަކުގައި 4 ގްރޫޕަކުން ބައިވެރިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
