ވައްކަމުގެ މައްސަލައެއް ސާބިތުވެ އަރުވާލި ބޭފުޅަކު ރައީސް ސޯލިހަށް ވަގަށް ގޮވައިފި

ވައްކަމުގެ މައްސަލައެއް ސާބިތުވެ އަރުވާލި ބޭފުޅަކު ރައީސް ސޯލިހަށް ވަގަށް ގޮވައިފި
ލިޔުން:
ވައްކަމުގެ މައްސަލައެއް ސާބިތުވެ އަރުވާލާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި "ވަގު" އިލްޒާމް އަޅުވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދިޔަ އެއްވުމުގައި ވާހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކުރީ ރައީސް ސޯލިހު ޝަރީއަތަށް އަތް ބާނައިގެން ކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ "ވަގެއް" ކަމަށް ކަނޑައަޅުއްވާ ކަމަށް ވިދާޅުވެފައެވެ. އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު، ދަޢުލަތުގެ ހަޒާނާގައި ބެހެއްޓި 900 މިލިއަން ޑޮލަރު، މި ސަރުކާރުން ފެންފޮދަކާ ނުލައި ދިރުވާލައިފައިވާ ކަމަށެވެ.
"މި ކަނޑައަޅަނީ، ރައީސް ސޯލިހަކީ ވަގެއް ކަމަށް. އޭނާއާ އެކީ ވިކިފައި ތިބި ޣައްދާރުންނަކީ ވަގުން ކަމަށް މި ކަނޑައެޅީ." އަދުރޭ ވިދާޅުވިއެވެ.
ރައިސް ސޯލިހަކީ ވަގެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު އަބްދުއްރަހީމްގެ މައްޗަށް ވަނީ ވައްކަމުގެ މައްސަލައެއް ސާބިތުވެ އަރުވާވެސް ލާފައެވެ. ރައީސް މައުމޫންގެ ވެރިކަމުގައި އަބްދުއްރަހީމް އަރުވާލީ އޭނާ އެސްޓީއޯގެ ވަޒީފާގައި އުޅުނު އިރު އެތަނުން ޓިނުތަކެއް ވަގަށް ނަގައިގެންނެވެ. ނަމަވެސް ރައީސް ސޯލިހުގެ މައްޗަށް މިފަދަ ކަމެއް އަދި ސާބިތެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
