
ވައިކަރަދޫއަށް ފޮނުވި ޖަނަރޭޓަރު، މާދަމާގެ ވަގުތެއްގައި އިންސްޓޯލްކުރުމުގެ މަސައްކަތް ފެށޭނެ: ފެނަކަ
ވައިކަރަދޫއަށް ފޮނުވި ޖަނަރޭޓަރު، މާދަމާގެ ވަގުތެއްގައި އިންސްޓޯލްކުރުމުގެ މަސައްކަތް ފެށޭނެ: ފެނަކަ
ލިޔުން:
ހދ.ވައިކަރަދޫ ގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެރަށަށް ބޭނުންވާ އާ ޖަނަރޭޓަރު މިހާރު ފޮނުވާފައިވާކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކަ އިން ބުނީ، އެރަށަށް ފޮނުވަނީ 250ކވ ގެ ޖަނަރޭޓާރެއް ކަމަށާއި އެ ޖަނަރޭޓަރު އެރަށަށް ފޮނުވާފައިވާއިރު، އިންސްޓޮލޭޝަންގެ މަސައްކަތް މާދަމާ ކުރެވޭނެ ކަމަށެވެ.
މި ދަނޑިވަޅުގައި އެ ރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ދަތި އުނދަގޫތަކަށް އެ ކުންފުނިން ވަނީ މާއާފަށް އެދިފައެވެ. އަދި ވައިކަރަދޫގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
https://twitter.com/TeamFenaka/status/1771148631149822130
ވައިކަރަދުއަށް ކަރަންޓް ދެމުން އަންނަ އެ ރަށު ފެނަކަ ބްރާންޗްގެ ޖެނެރޭޓަރެއް ހަލާކުވެ، ރަށުން ކަރަންޓް ކެނޑެންފެށިތާ މިއަދަށް މިވީ ފަސް ދުވަހެވެ. އެހެން ކަމުން އެކަމަށް ހައްލު ނުލިބި ލަސްވުމުގެ ސަބަނުން ރަށުގެ ގިނަބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް ރަޝީދު ވިދާޅުވީ، ވައިކަރަދޫގެ އިތުރުންވެސް މިވަގުތައް ޖަނަރޭޓަރު ބޭނުންވާ ފަސް ރަށަކަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން ގދ. ހޯޑެއްދޫއަށް ފޮނުވި 400 ކިލޯވޮޓްގެ ޖަނަރޭޓަރު އެރަށަށް ގެންގޮސް މިހާރު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
https://twitter.com/muazmr/status/1771172498945826929
ރޯދަމަހަކީ އާއްމު މަސްމަހާ ހިލާފަށް ކަރަންޓް ގިނައިން ބޭނުންކުރާ މަހަކަށްވުމުން ބައެއް ރަށްރަށުގައި ކަރަންޓް ބޭނުންކުރާވަރު އިތުރުވުމުން އިންޖީނަށް ބާރުބޮޑުވެ ކަރަންޓް ކަނޑައިގެން ދިއުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
