ވައިގެ މަގުން އެތެރެކުރަންއުޅުނު ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންކުރާ 2000 އަށްވުރެ ގިނަ ސާމާނު ހިފަހައްޓާފައިވާ ކަމަށް މޯލްޑިވެސް ކަސްޓަމްސް ސާވިސަސް އިން ބުނެފިއެވެ.
މެލޭޝިއާ އިން އިއްޔެ ރާއްޖެ އައި 3 ޕަސެންޖަރެއް ވޭޕާއި އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ގެނައި ކަމަށް ޝައްކު ކުރެވިގެން އެމީހުންގެ ލަގެޖްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ވޭޕްއާއި ވޭޕް ކުރުމަށް ބޭނުންކުރާ 2062 ސާމާނު ފެނިފައިވާ ކަމަށާއި އަދި އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެތަކެތި އެތެރެކުރަން އުޅެފައިވަނީ ކޮންގައުމެއްގެ ބަޔަކު ކަމެއް ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެއެވެ.
ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2062 އައިޓަމް ކަސްޓަމްސް އިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) March 19, 2025
މި ތަކެތި އަތުލައިގަނެފައިވަނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ… pic.twitter.com/QPTnPAEcwy
ކަސްޓަމްސް ގެ އޮފިސަލުން އެމީހުންގެ ލަގެޖް ބަލއި ފާސްކުރުމުގެ ތެރޭގައި ފެނިފައިވަނީ:
- ނެނޯ ސްޓިކް: 1،714
- ޓެރިއާ ސްޓިކް: 200
- ކެލިބަން ކާޓްރިޖް: 96
- ވީޓޭޖް ކާޓްރިޖް: 50
- ވޭޕް ފްލޭވަ ލިކުއިޑް (ފުޅި): 2
ކަސްޓަމްސް އިން އިތުރަށް ބުނެފައިވަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.







