މާލެ: 31°C
ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ދިވެހި ދެމަފިރިއަކު ހައްޔަރުކޮށްފި

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ދިވެހި ދެމަފިރިއަކު ހައްޔަރުކޮށްފި

January 4, 2024
2 ފަހަރު ބަލާފައި
ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރި ދިވެހި ދެމަފިރިއަކު ހައްޔަރުކޮށްފި
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރިކަމުގެ ތުހުމަތުގައި ޒުވާން ދިވެހި ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ. މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، އެ މައްސަލައިގައި ހައްޔަރުކުރީ މާލެ އަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނަކާއި ހދ. ނެއްލައިދޫ އަށް ނިސްބަތްވާ 20 އަހަރުގެ އަންހެނެކެވެ. ފުލުހުންނަށް ހަވާލާދީ އެ އަމުރުގައިވާ އިތުރަށް ބުނީ އެމީހުން ރާއްޖެއިން ބޭރުން އައިއިރު ގެނައި ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިހާރު ވަނީ އެދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އަދި އެ ދެމަފިރިންގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރިއިރު ސީއޯސީ، ޓީއެޗްސީ އާއި ބެންޒޯ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އަމުރުގައިވެއެވެ. މި ދެމަފިރިންނަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހާއްސަ އުކުޅެއް ބޭނުންކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އެ މީހުންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވުން ހިމެނެއެވެ. މަސްތުވާތަކެތި ފެނުނު ލަގެޖަކީ މީހަކު ބުނެގެން ގެނައި އެއްޗެއް ކަމަށް ދެމީހުން ބުނެފައިވާއިރު، މިކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބުރަވެވޭ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ