މާލެ: 31°C

ވައިގެ ދަތުރު ފަށާ، ވިސާ އާ ނުލައި ސޭޝެލްސް އަށް ދަތުރުކުރެވޭ ގޮތްހަދައިފި

ވައިގެ ދަތުރު ފަށާ، ވިސާ އާ ނުލައި ސޭޝެލްސް އަށް ދަތުރުކުރެވޭ ގޮތްހަދައިފި
June 12, 2023
2 ފަހަރު ބަލާފައި
ވައިގެ ދަތުރު ފަށާ، ވިސާ އާ ނުލައި ސޭޝެލްސް އަށް ދަތުރުކުރެވޭ ގޮތްހަދައިފި
ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރު ފަށަން ނިންމައި ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމަށް ދަތުރު ކުރެވޭ ގޮތަށް ދެ ގައުމުގެ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުންތަކަށް ފަހުގައެވެ.

އެ އެއްބަސް ވުމުގެ އިތުރުން އެހެން އެއްބަސްވުން ތަކެއްގައި ވެސް ވަނީ ސޮއިކުރައްވާފައެވެ.

ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރުމުގެ މަގުފަހި ކުރުމާ ގުޅޭ އެއްބަސްވުމާއި، ރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުމާއި

ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުން އާކޮށް ސޮއިކުރުމާއި ޕްރޮޓޮކޯލް އޮން ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސްނޭޝަނަަލް އޮގަނައިޒްޑް ކްރައިމް އެންޑް އަަދާ މެރިޓައިމް އެންޑް ސެކިއުރިޓީ ސޭފްޓީ ތްރެޓު އެއްބަސްވުމެވެ.

ރައީސް އޮފީހުގައި އޮތް މަޝްވަރާ ބައްދަލުވުންތަކަށް ފަހު  ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ނައިބު ރައީސް ފައިސަލް ނަސީމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެހެނިހެން ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު ސީޝެލްސް ފަރާތުން ވެސް އެ ގައުމުގެ ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.

އެއަށް ފަހު ދެ ގައުމުގެ ވެރިން ވެސް ވަނީ މީޑިއާތަކަށް ބަޔާނެއް ދެއްވައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ