މާލެ: 31°C

ވައިނުސާފުވާ މިންވަރު ބަލާ ދެ ސްޓޭޝަން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި

December 13, 2022
2 ފަހަރު ބަލާފައި
ވައިނުސާފުވާ މިންވަރު ބަލާ ދެ ސްޓޭޝަން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި
ވައިނުސާފުވާ މިންވަރު ބަލާ ދެ ސްޓޭޝަން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި
ވައިނުސާފުވާ މިންވަރު ބަލާ ދެ ސްޓޭޝަން ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ. އެންވަޔަރްމެންޓް މިނިސްޓްރީން ބުނި ގޮތުގައި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރީ އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަނެވެ. އެއީ ވައިގައި ވިހަ  މާއްދާތައް އެކުވެލިގެން ވޭތޯއާއި އެކުލެވިގެން ވާ ނަމަ އެކުލެވިގެން ވަނީ ކޮން  ބާވަތެއްގެ ކިހާ މާއްދާތަކެއްކަން ދެނެގަތުމަށް ގިނަ ގައުމުތުގައި މިހާރު ބޭނުންކުރާ ނިޒާމެވެ. ޑަބްލިއުއެޗޯއިން ރާއްޖެއަށް ދެ ސްޓޭޝަން ހަދިޔާ ކުރުމަކީ ވައިގެ ފެންވަރު ވަޒަންކުރަން (ވައިގެ ނުސާފުކަން ހުރީ ކިހާވަރަކަށްތޯ ބަލަން) ރާއްޖޭގައި ކުރާ މަސައްކަތުގައި ހަރުދަނާކުރަން ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ދެ ސްޓޭޝަން ވެސް ގާއިމްކުރާނީ ހުޅުމާލޭގަ އެވެ. އެހެންވެ އެންވަޔަރްމަންޓް މިނިސްޓްރީން މިހާރު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު އެކަމާ ބެހޭ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކޮށްފަ އެވެ. ދެކުނު އޭޝިއާ ސަރަހައްދަށް އަންނަ ދެމޫސުން ކަމަށްވާ އިރުވައިމޫސުމާއި ހުޅަނގު މޫސުން ބެދޭ ދުވަސްވަރު (އެއް މޫސުން ނިމި އަނެއް މޫސުން ފެށެން އުޅޭ އިރު) ރާއްޖެ ސަރަހައްދުގެ ވައި ވަރަށް ބޮޑަށް ނުސާފު ވެއެވެ. މި ސަރަހައްދުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި އެގޮތަށް ވައިނުސާފުވާ މައިގަނޑު އެއް ސަބަބަކީ ހިމާލަޔާ ސަރަހައްދުން އެ ދުވަސްވަރު ޖައްވަށް ބޭރުވާ ހިރަފުހެވެ. ރާއްޖޭގެ އުތުރު ސަރަހައްދުގައި ވައިނުސާފުވުގެ މައްސަލަ މީގެ ހަފުތާއެއްހާ ދުވަސްކުރިން ފެށިގެން އޮތީ ބޮޑުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ