
ވައްކަންކުރަން ވަން މީހަކު އިމާރާތަކުން ވެއްޓިގެން ފަރުވާ ދެނީ
ވައްކަންކުރަން ވަން މީހަކު އިމާރާތަކުން ވެއްޓިގެން ފަރުވާ ދެނީ
ލިޔުން:
ވައްކަން ކުރުމަށްފަހު ފިލަން އުޅުނު މީހަކު މާލޭގެ އިމާރާތަކުން ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ އިމާރާތެއްގެ ފަސްވަނަ ބުރިންނެވެ.
އަދި އުމުރުން 32 އަހަރުގެ ޒުވާނާ ވަނީ އައިޖީއެމްޗްއަށް ގެންދިއުމަށްފަހު އޭޑިކޭއަށް ޓްރާންސްފާ ކޮށްފައެވެ. ނަމަވެސް އޭނާގެ ހާލަތެއް އަދި ނޭނގެއެވެ.
ފުލުހުން ބުނީ ނީލޯފަަރު މަގު ގޯޅިގަނޑެއްގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމަށް މިއަދު ފަތިހު 5:27 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިމަހުގެ 13 ވަނަ ދުވަހު އޭސީއެއްގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކު ވަނީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ބުރީގެ ސިޑިގޮޅިއަށް ވެއްޓި ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
