މާލެ: 31°C
ވަގުތު ފާއިތު ނުވަނީސް ހެޔޮއަމަލުކޮށް، ވެހެތާ ފެންނެގުމަށް ޚުތުބާގައި ނަސޭހަތްތެރިވި

ވަގުތު ފާއިތު ނުވަނީސް ހެޔޮއަމަލުކޮށް، ވެހެތާ ފެންނެގުމަށް ޚުތުބާގައި ނަސޭހަތްތެރިވި

February 16, 2024
3 ފަހަރު ބަލާފައި
ވަގުތު ފާއިތު ނުވަނީސް ހެޔޮއަމަލުކޮށް، ވެހެތާ ފެންނެގުމަށް ޚުތުބާގައި ނަސޭހަތްތެރިވި
"ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފާ ގައިބާރު  ހުއްޓާ ހެޔޮއަމަލު ކުރުމަށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.

ޝަޢުބާން މަހާއި ހެޔޮ ޢަމަލުކުރުމުގެ މައްޗަށް މިއަދު އިއްވި ޚުތުބާގައި ބުނީ އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމުގެ މުހިންމުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ޢަމަލު ކަމަށެވެ.

"މުސްލިމް އަޚުންނޭވެ! "ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވަމެވެ. ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައި،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ކޮންމެ އަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެއް ކަމަށެވެ. އެގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އެ ހުރެވެނީ އަޅުކަމުގެ ތެރޭގައި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، ޝައުބާން މަސް ފަދަދުވަސްތަކުގައި މާތް ނަބިއްޔާ ދައްކަވާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އަދި މާތް ނަބިއްޔާގެ ޢަމަލުފުޅުތަކަށް ތަބާވުމަކީ، އަޅުގަނޑުމެންނަށް ފައިދާއާއި މަންފާކުރާނެ ކަމެއްކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
"ހެޔޮ ޢަމަލުކުރުން އިތުރުކުރުމަކީ، ގަޞްދަކާ ނުލައި ކުރެވޭ ފާފައިން މާތް الله އަޅަމެން ސަލާމަތް ކުރައްވާނެ ކަމެއް. މިފަދަ މޫސުމެއްގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވައްސަލަމަ ދައްކަވާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް. އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ތަބަޢަވުމަކީ އެކަމުން އަހުރެމެންނަށް ފައިދާއާއި މަންފާ ކުރާނެ ކަމެއް." ޚުޠުބާގައި ބުންޏެވެ.
ހުކުރު ޚުތުބާގައި ވަނީ ރަމަޟާން މަހު ރޯދަހިފުމަކީ ކޮންމެ ދުވަހަކު ކުރާ އަޅުކަމަކަށް ވެފައި، އެ އަޅުކަމަށް ތައްޔާރުވުމަށް ހަށިގަނޑާއި ނަފްސު ހޭނުވުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން މިއަދުގެ ހުކުރު ޚުތުބާގައި އަޅުކަންތައް ކުރުމަށާއި، ހެޔޮ އަމަލުކުރުމަށް ހަނދާންކޮށްދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަނދާންކޮށްދިނުމަކީ ފައިދާކުރާނެ ކަމެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ