މާލެ: 31°C

ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާގައިތިބި މުވައްޒަފުންނަށް ދާއިމީ ހައްލެއް ގެނައުމަށް އެބަ މަސައްކަތް ކުރަން: މޭޔަރު މުއިއްޒު

February 12, 2023
2 ފަހަރު ބަލާފައި
ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާގައިތިބި މުވައްޒަފުންނަށް ދާއިމީ ހައްލެއް ގެނައުމަށް އެބަ މަސައްކަތް ކުރަން: މޭޔަރު މުއިއްޒު
ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާގައިތިބި މުވައްޒަފުންނަށް ދާއިމީ ހައްލެއް ގެނައުމަށް އެބަ މަސައްކަތް ކުރަން: މޭޔަރު މުއިއްޒު
ނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާގައިތިބި މުވައްޒަފުންނަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް އަބުލް ކަލަމް އަޒާދްއާ ބައްދަލުރައްވައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ. އެ ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް އަށް ނިސްބަތްވާ މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ވެދެއްވޭނެ އެހީތެރިކަމާއި، ސިޓީ ކައުންސިލްގައި ވަޒީފާ އަދާ ކުރަމުންދާ އެ ގައުމުގެ މުވައްޒަފުންނަށް ލުއިފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެ ގޮތްތަކާއިމެދު ސަފީރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ދާދިފަހުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތިބި އެކޮމޮޑޭޝަން ބްލޮކްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝްގެ ސަފީރު ވިދާޅުވީ ދާއިމީ ހައްލެއް ގެނެވެންދެން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގެ ވަގުތީ ހިޔާގައި ތިބި މުވައްޒަފުންނަށް ޒިޔާރަތް ކުރެއްވިކަމަށާއި، އެކޮމޮޑޭޝަން އާއި މެދު އެ މުވައްޒަފުން ހިތްހަމަޖެހޭކަމަށެވެ. https://twitter.com/MaleCitymv/status/1624733808909250560?cxt=HHwWgMDT6c-ym4wtAAAA

މި ބައްދަލުކުރެއްވުމުގައި މޭޔަރު މުއިއްޒު ވިދާޅުވެފަވަނީ އެ ހާދިސާގައި ވަގުތީ ހިޔާގައިތިބި އެ ގައުމުގެ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމަށާއި، އަދި މާލެ ސިޓީ ކައުންސިލްގެ ވަޒީފާގައިތިބި ބަންގްލަދޭޝްގެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި ލުއިފަސޭހަގޮތްތައް ހަމަޖެހިފައިވާކަމުގެ ޔަގީންކަންވެސް މުއިއްޒު ވަނީ ދެއްވާފައެވެ.

މާލެ ސިޓީގެ މޭޔަރާއި ބަންގްލަދޭޝް ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ކުރިއަށްއޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ސިޓީ ކައުންސިލްގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު މާލެ ސިޓީކައުންސިލްގެ ބިއުރޯގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ