
ވަގުން އެންމެފަހުން ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުންވެސް ވައްކަންކުރަން ފަށައިފި
ވަގުން އެންމެފަހުން ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުންވެސް ވައްކަންކުރަން ފަށައިފި
ލިޔުން:
މާލެ ސަރަހައްދަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ބަހައްޓާފައިހުރި ސްޓެލްކޯގެ ސަބްސްޓޭޝަންތަކަށް ވަގުންވަދެ، އެތަންތަނުގައި ހުރި ފޯމަރުތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، ގައުމީ ކަރަންޓް ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
އެގޮތުން ރޭ ފަތިހާއި، މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ކަރަންޓްގެ ހިދުމަތް ދިނުމުގައި ބޭނުންކުރަމުން އަންނަ ސަބްސްޓޭޝަންތައް ފަޅާލައި، އެތަނުގައި ހުރި ޓްރާންސްފޯމަރުތައް ހަލާކުކޮށް ބައެއް ބައިތައް ވަގަށް ގެންދިއުމުގެ މި އަމަލަކީ އެކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލެއް ކަމަށެވެ.
"މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން މި ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް. މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން"
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ފަހުމީ ވިދާޅުވިއެވެ.
https://twitter.com/u09HussainFahmy/status/1771214203111850443
ސްޓެލްކޯގެ ސަބްސްޓޭޝަންތަކަށް ވަގުންވަދެ، އެތަނުގައި ހުންނަ ފޯމަރުތަކުން ވައްކަންކުރަމުންދާކަމަށް އެކުންފުނިން ރިޕޯޓްކޮށްފައިވާއިރު، މި މައްސަލަ އެންމެބޮޑީ ހުޅުމާލެސިޓީގައިކަމަށް އެކުންފުނިން ބުނެއެވެ. އާއްމުގޮތެއްގައި ވަގުން ވަގަށް ނަގާ ތަކެއްޗަށް ބަލާއިރު، ކަރަންޓް ނަރަކީ ވަގުން ވަރަށް ދޯޅުއެއްޗެއްކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ހުޅުމާލޭގައި ހުންނަ ގައުމީ ފެންކުންފުނީގެ ގޯތިތެރޭގައި އޮތް ބޮޑު ކަރަންޓް ކޭބަލެއް ވަގުން އެތަނަށް ވަދެ ވަގަށް ނަގާފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
