މާލެ: 31°C

ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލައިގެ ތަހުގީގު އަވަސް ކޮށްދޭން އެދިއްޖެ

February 4, 2025
158 ފަހަރު ބަލާފައި
ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލައިގެ ތަހުގީގު އަވަސް ކޮށްދޭން އެދިއްޖެ
ވަގަށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގު އަވަސް ކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަރިހުން މިއަދު އެދިއްޖެ އެވެ.

ވަގަށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގު އަވަސް ކޮށްދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަރިހުން މިއަދު އެދިއްޖެ އެވެ.

އީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސީޕީ ޝުޖާއުއާ އެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ވަގު ފޯމުތަކުގެ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ ގުޅޭ ގޮތުން ކަމަށެވެ.

މައްސަލަ ތަހުގީގުކޮށް ނިމުނުހާ އަވަހަކަށް ތަހުގީގު ރިޕޯޓް އީސީއާ ހިއްސާކުރާނެކަން ސީޕީ ފާހަގަކުރެއްވި ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

ވަގު ފޯމުތަކުގެ މައްސަލަ ފެންމަތިވީ މިދޭތެރެއިން ވެރިކަންކުރާ ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތް ކުރިއަށް ދަނިކޮށް އެމްޑީޕީގެ މެންބަރުންތަކެއް، އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަން ތިލަވުމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ، ޕީއެންއެފް، ޑިމޮކްރެޓްސްގެ އިތުރުން އުވާލާފައިވާ ޕީޕީއެމްގެ މެންބަރުންވެސް އެ މީހުންނަށް ނޭނގި ޕީއެންސީގައި ދަފުތަރު ކޮށްފައިވާކަން ފެންމަތިވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި މިދިޔަ ސަރުކާރުގެ އާޓްސް އެންޑް ކަލްޗާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވެސް އޮތީ ޕީއެންސީއަށް ވައްދާފަ އެވެ.

މެންބަޝިޕް ޑްރައިވް ކުރިއަށް ގެންދިޔައިރު މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް ޕީއެންސީން އެއްބަސްވެ އެވެ. އަދި އެ މައްސަލަ ޕާޓީން ބަލަމުންދާކަންވެސް ހާމަކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ