ތަހުގީގު ކުރަމުންދާ މައްސަލައެއްކަމަށްވާތީ ކަމަށްބުނެ، ބައި ޓަނުގެ މިޔަރު މަހާއި މަޑިމަސް ވަގަށް ބޭރުކުރަން އުޅުނު ކުންފުނީގެ ނަން ސިއްރުކުރަން ނިންމުމަށްފަހު، އެ ނިންމުން ބަދަލުކޮށް އެ ކުންފުނީގެ ނަން ކަސްޓަމްސް އިން އާންމުކޮށްފި އެވެ.
ރޭ ކަސްޓަމްސް އިން އެ މައްސަލާގެ ތަފްސީލް އާއްމުކުރަމުން ބުނެފައިވަނީ 07.11.2024 ދުވަހު ކަސްޓަމްސްއިން ބަލާފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު (ޖުމުލަ 582 ކިލޯ) ފެނިފައިވާ މައްސަލައެއް ކަސްޓްމުން ތަހްގީގްކުރަމުންދާ ކަމަށާއި، އެ ޝިޕްމެންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ "ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ.
އަދި އެ ކަމާ ގުޅިގެން ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު 22.12.2024 ދުވަހު އެ ތަކެތި ވަނީ ނައްތާލާފައި ކަމަށެވެ.
07.11.2024 ދުވަހު ކަސްޓަމްސްއިން ބަލާފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު (ޖުމުލަ 582 ކިލޯ) ފެނިފައިވާ މައްސަލައެއް މި ސަރވިސްއިން މިދަނީ ތަހްގީގްކުރަމުން. މި ޝިޕްމެންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ "ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން. މިކަމާ ގުޅިގެން ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު 22.12.2024 ދުވަހު އެ ތަކެތި ވަނީ ނައްތާލާފައި،" ކަސްޓްމްސް އިން ބުނެފައިވެއެވެ.
"ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން.
— Maldives Customs Service (@CustomsMv) January 30, 2025
މިކަމާ ގުޅިގެން ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު 22.12.2024 ދުވަހު އެ ތަކެތި ވަނީ ނައްތާލާފައި.
(2/2)
ބިޒްނަސް ރަޖިސްޓަރީ ޕޯޓަލް އިން ދައްކާ ގޮތުން "ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" އަކީ 2005 ވަނަ އަހަރު މަޝްހޫރު ފިލްމް ޑައިރެކްޓަރ ފާތިމަތު ނަހުލާ އާއި އޭނާގެ ފިރިމީހާ ހުސައިން ސިނާނުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެކެވެ.







