މާލެ: 31°C

ޑިއުޓީ ފްރީން ވަގަށް ސިނގިރެޓް އެތެރެކުރަން އުޅުނު މީހުން ދޫކޮށްލައިފި

March 26, 2025
73 ފަހަރު ބަލާފައި
ޑިއުޓީ ފްރީން ވަގަށް ސިނގިރެޓް އެތެރެކުރަން އުޅުނު މީހުން ދޫކޮށްލައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ހޯލުން ވަގަށް ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ކާޓަންތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިޕާޗާ ހޯލުން ވަގަށް ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ކާޓަންތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

ވީއައިއޭއިން ވަގަށް ސިނގިރޭޓު ކާޓަންތަކެއް ނެރެން އުޅުނު މައްސަލައެއް ބަލަމުންދާކަން މޯލްޑިވްސް ކަސްޓަމްސްއިން ވަނީ ރޭ ހާމަކޮށްފަ އެވެ.

ކަމުގެ ތަފުސީލުތައް ހާމަނުކޮށް ކަސްޓަމްސްއިން ބުނެފައި ވަނީ އެ ތަކެތި އަތުލައިގަތީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް އެ އިދާރާއިން ޗެކްކުރިއިރު ފެނިގެން ކަމަށެވެ.

މީޑިއާތަަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވީއައިއޭގެ ޑިޕާޗާ ހޯލުން ވަގަށް ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައެއް އެ އިދާރާއަށް މޯލްޑިވްސް ކަސްޓަމްސްއިން ހުށަހެޅީ ރޭގައި ކަމަށެވެ.

އިއްޔެގެ ހެނދުނު 6:20 ހާއިރު ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެެވެ. އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ:

  • މ. ސިލްވަނެސްޓް، އަހްމަދު އަފްސަލް (45އ)
  • ދަފުތަރު. ނަމްބަރު ރސ 14358، ޔޫސުފް ނަޒީރު (38އ)

ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމުގަ އެވެ.

ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ދެ މީހުންގެ ތެރެއިން ނަޒީރަކީ އެއާޕޯޓުގައި ޑިއުޓީ އަދާކުރާ ފުލުހެއްކަން ވަނީ އެނގިފަ އެވެ.

ޑަސްބިން ބޭގުތަކުން ފެނުނު ކާޓަންތަކުގެ އަދަދެއް އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ