މާލެ: 31°C

ވ.އަތޮޅުން ފެނުނު ހަށިގަނޑަކީ ތެޔޮބޯޓުން ގެއްލުނު މީހާއެއް ނޫން

February 23, 2023
2 ފަހަރު ބަލާފައި
ވ.އަތޮޅުން ފެނުނު ހަށިގަނޑަކީ ތެޔޮބޯޓުން ގެއްލުނު މީހާއެއް ނޫން
ވ.އަތޮޅުން ފެނުނު ހަށިގަނޑަކީ ތެޔޮބޯޓުން ގެއްލުނު މީހާއެއް ނޫން
މިދިޔަ މަހު ވ އަތޮޅުން ފެނުނު ހަށިގަނޑަކީ ތޮޔޮބޯޓުން ގެއްލުނު މީހާއެއް ނޫންކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން ބުނީ މިދިޔަ ޖެނުއަރީ މަހު 2 ވަނަ ދުވަހު ވ އަތޮޅު ވެމްޕަރު ފަރު ހުޅަނގު އުތުރުން ފެނިފައިވާ އިންސާނެއްގެ ހަށިގަނޑުކީ މިދިޔަ ޑިސެމްބަރ މަހު 29 ވަނަ ދުވަހު ތެޔޮ ބޯޓަކުން ގެއްލިގެން ހޯދަމުންދާ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން އެއްނޫންކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އެ ހަށިގަނޑަކީ އޮޔާ ރާއްޖެ އައިސްފައިވާ މީހެއްތޯ ބެލުމަށް ފުލުހުން މިހާރު އަންނަނީ ބައިނަލް އަގުވާމީ ޕާޓްނަރުންނާ ވާހަކަ ދައްކަމުން ކަމަށް ވެސް ބުންޏެވެ. ފެނިފައިވާ ހަށިގަނޑުގެ ޑީއެންއޭ ހެއްދުމަށް ފުލުހުން މަސައްކަތް ކުރަމުން ދާކަމަށް އެއިދާރާއިން މީގެ ކުރިން ބުނެފައިވެއެވެ. ވ ވެމްޕަރު ފަޅުން މަރުވެފައިވާ މީހެއްްގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ މަހު 2 ވަނަ ދުވަހު އެވެ. އެއީ ކާކުކަން ދެނެގަތުމަށް ފުލުހުން ތަހުގީގު ކުރަމުންނެވެ. މިދިޔަ ޑިސެމްބަރު މަހު ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝް މީހަކު ގެއްލުނު އިރު އެ ބޯޓުގައި އޭނާއާ އެކު ދަތުރުކުރި ދިވެއްސަކު ވަނީ މަރެއްގެ ތުހުމަތަށް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ