ވާވެއްދި ފަރަށް އެރި ބާޖާއި ޓަގުގެ ވެރިފަރާތް 100 މިލިޔަނުުން ޖޫރިމަނާކޮށް

ވާވެއްދި ފަރަށް އެރި ބާޖާއި ޓަގުގެ ވެރިފަރާތް 100 މިލިޔަނުުން ޖޫރިމަނާކޮށް
ލިޔުން:
މާލެ އަތޮޅު ވާވެއްދި ފަރަށް މިދިޔަ ޖުލައިމަހު އެރި ބާޖާއި ޓަގުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިންް ޖޫރިމަނާ ކޮށްފިއެވެ.
އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އޭއެމް އާގަމް" ނަމަކަށް ކިޔާ ބާޖަކާއި އަދި "އޭއެމް އަލްޕިޓް" ނަމަކަށް ކިޔާ ޓަގެއް 23 ޖުލައި 2022 ވަނަ ދުވަހު ކ. ވާވެއްދި ފަރަށް އަރުމުން އެ ދެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރީ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ފަހު ކަމަށެވެ. އެ ބާޖާއި ޓަގުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލްއީސްޓް މެރިން އެލް.އެސް.ސީ 100 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެފައިސާ ދައްކަން އެންގީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ބާޖާއި ޓަގު އެރުމުން ވާވެއްދި ފަރަށް ލިބިފައިވާ ގެއްލުންތައް އީޕީއޭއިން ބެލީ އެ އެޖެންސީން ބުނި ގޮތުގައި މިދިޔަ އޮގަސްޓްމަހު އެވެ. ގެއްލުންތައް ބަލަން އުޅަނދުތަކުގެ ވެރިފަރާތުން ކުރި ސާވޭގައި ވެސް އީޕީއޭއިން ބުނި ގޮތުަގައި އެ ޖެންސީން އޮބްޒާވްކުރި އެވެ. .
ސަރވޭ ތަކުން އެނގުނު ގޮތުގައި ފަރުގެ 3926 އަކަމީޓަރުގެ ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ސާވޭތަކުން އެނގުނު ގޮތުގައި ފަރަށް ލިބުނުގެ ގެއްލުމުގެ އަގު 148 މިލިޔަން ރުފިޔާއަށް އަރައެވެ. އެކަމަކު ގާނޫނު ނަންބަރު 4/93 ގެ ދަށުން ޖޫރިމަނާ ގެގޮތުގައި ކަނޑައެޅެން އޮންނަ އެމްމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމައްވާތީ އެއަދަދުން ޖޫރިމަނާ ކުރީކަށް އީޕީއޭއިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
