މާލެ: 31°C
ވާރޭ ވެހުމުން މާލޭގައި ފެންބޮޑުވާ ގެތައް ސާވޭ ކުރަން ފަށައިފި

ވާރޭ ވެހުމުން މާލޭގައި ފެންބޮޑުވާ ގެތައް ސާވޭ ކުރަން ފަށައިފި

January 7, 2024
3 ފަހަރު ބަލާފައި
ވާރޭ ވެހުމުން މާލޭގައި ފެންބޮޑުވާ ގެތައް ސާވޭ ކުރަން ފަށައިފި
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވާ ގެތަކުގެ ސާވޭއެއް ހެދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑިއެފުން ބުނީ މި ސާވޭގެ މަސައްކަތް އިއްޔެ ފެށިފައިވާ ކަމަށާއި މާދަމާގެ ނިޔަލަށް ސާވޭ ކުރިއަށް ގެންދާނެ ކަމަށެވެ. މި ސާވޭގެ މައިގަނޑު މަގުސަދަކީ ފެން ބޮޑުވާ ގެތަކުގެ މައުލޫމާތު އެއްކުރުމާއި އެ ގެތަކުގެ ލޮކޭޝަންތައް މެޕްކުރުމާއި އަދި ފެން ބޮޑުވެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރުން ކަމަށެވެ. އެމްއެންޑީއެފުން ބުނީ މިދިޔަ މަހުގެ 31 ގައި މާލެ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، ފެން ވަދެ ގެއްލުންތައް ލިބުނު ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރާނެ ކަމަށެވެ. އެ ވިއްސާރައިގައި މާލޭގެ 70 ވަރަކަށް ގެއަށް ވަނީ ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ސަރުކާރުން ވަނީ ވިއްސާރާއިގެ ސަބަބުން ގެއްލުންވި 70 ގެތަކަށް 450،000 ރުފިޔާ ދިނުމަށް ވެސް ނިންމާފައެވެ. މުޅި ރާއްޖެއަަށް ކުރި މި ވިއްސާރާގައި އެންމެ ގިނައިން ވާރޭވެހުނީ ހުޅުލެ އާއި މާލޭ އަށެވެ. އެގޮތުން ހުޅުލެއަަށް 179.7 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު މާލެ އަށް ވަނީ 118.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ