
"ވާނުވާ" ގައި ތިބި ގައިދީންގެ މައްސަލަތަކަށް ގާނޫނީ ހައްލެއް ހޯދައިދޭނަން: ރައީސް
"ވާނުވާ" ގައި ތިބި ގައިދީންގެ މައްސަލަތަކަށް ގާނޫނީ ހައްލެއް ހޯދައިދޭނަން: ރައީސް
ލިޔުން:
ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި ތިބޭ ގައިދީންގެ މައްސަލަ ހައްލުކުރުމަށް ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް އެހެން ވިދާޅުވީ އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި ޝަރީއަތް ނިމެންދެންކުރާ ބަންދު ނުވަތަ "ވާނުވާ" އަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ވައުދާއިމެދު އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން، ރައީސް ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލު ކުރުމުގެ ވައުދަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން މުހިންމު ވައުދުފުޅެއް ކަމަށާއި އެކަން ހައްލު ކުރަން ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އެކަމާއި ގުޅިގެން އިސްލާހުތަކެއް ގާނޫނަށ،ް މިކަހަލަ ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އެހެންވީމާ ގާނޫނީ ހައްލެއް ތި މައްސަލައަށް ގެނެވޭނެ މަސައްކަތްތަކެއް ކުރައްވަމުން މިގެންދަވަނީ އަދި ތަހުގީގު މަރުހަލާގެ ކަންތައްތައް ވެސް މިހާރު ރަނގަޅުކުރުމަށްޓަކައި މަސައްކަތްތަކެއް އެބަކުރެވޭ." ރައީސް ވިދާޅުވިއެވެ.
ގާނޫނީ މަސައްކަތްތައް ނިމުމާއެކު އެ ވައުދުފުޅު ވެސް ފުއްދަވާނެ ކަމަށާއި ވާނުވާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އޭގެ އިތުރުން، ރާއްޖޭގެ ފުލުހުން މައްސަލަތައް ތަހުގީގުކުރާއިރު ކުރިޔަށްގެންދާ މަރުހަލާތައް ރަނގަޅުކުރުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ އެމަނިކުފާނުގެ މިދިޔަމަހު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
