
ވ. ތިނަދޫގެ އައު އިންޖީނުގެ ރައީސް ހުޅުއްވައިދެއްވައިފި
ވ. ތިނަދޫގެ އައު އިންޖީނުގެ ރައީސް ހުޅުއްވައިދެއްވައިފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް، ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރައްވައި ވ. ތިނަދޫ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މިހާރު ވ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ރަސްމީ ގޮތުން ހުޅުއްވައިދެއްވި ތިނަދޫގެ އައު އިންޖީނުގެއަކީ ރަށުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ސަރަހައްދާއި އަދި އާންމުންދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ ޒަމާނީ އިންޖީނުގެއެކެވެ.
އެ އިންޖީނުގެއިން ޖުމްލަ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހުރެއެވެ.
މިއަދު މެންދުރުފަހު ރައީސް ވަނީ ވ. ފުލިދުއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
އެ މަޝްރޫއަކީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ރަށުގެ އެކި ސަރަހައްދުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ގްރަޮއިން ޖެހުމާއި ބޭރުތޮށި ޖެހުން ވެސް ހިމެނެއެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
