މާލެ: 31°C

އެމްޑީޕީއާ ގުޅުމުން ވ ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

July 4, 2026
82 ފަހަރު ބަލާފައި
އެމްޑީޕީއާ ގުޅުމުން ވ ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
ވ ތިނަދޫ ކައުންސިލް ރައީސް ޝުޖާއު ޢަލީ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފ އެވެ.

ވ ތިނަދޫ ކައުންސިލް ރައީސް ޝުޖާއު ޢަލީ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފ އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، އިންތިހާބުވި ޑިމޮކްރެޓްސް ޕާޓީން ވާދަކޮށްގެން އެ ވ ތިނަދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިހާބުވި ޝުޖާއު ޢަލީ ގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ، ކައުންސިލްގެ އާ ދައުރު ފެށުނު ފަހުން، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ އެމްޑީޕީއަށް ސޮއިކޮށް އެ ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާތީ އެވެ.

އެކަން ހާމަކޮސް އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑިމޮކްރެޓްސް ޕާޓީގެ ޓިކެޓްގައި ކައުންސިލް އިންތިހާބުގެ ވ ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު، މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ.ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނުފަހުން އިންތިހާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގައި ދަފްތަރުވެފައިވާ ކަމަށެވެ.

އެހެންކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ)ގެ ދަށުން ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާތީ، އޭނާ އެ މަގާމުން ވަކި ވެއްޖެކަމަށް އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ