އުތުރުގެ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް 19 ފިރިހެނުން ޖިންސީ ގޯނާކުރި މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައި ވާކަމަށާއި، އަދި އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައިގައި 19 ފިރިހެނުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް އެރަށުގެ ގިނަބަޔަކު ތުހުމަތުކުރެއެވެ. އޭގެ ތެރޭގައި އެ ކުއްޖާގެ އާއިލާގެ މީހުންނާއި ރަށުން ބޭރު މީހުން ހިމެނޭކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ. "މިނިވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި އަދި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން އެރަށު ކައުންސިލް ރައީސަށް "މިނިވަން" ނޫހުން ގުޅުމުން ވިދާޅުވީ، މިކަމުގެ މައުލޫމާތު އޭނާއަށް އެނގެނީ މީޑިއާތަކަށް އެނގޭ މިންވަރަށް އެކަނި ކަމަށާއި، ފެންނަނީ މިކަމާ ގުޅިގެން ޖަހާފައިވާ ނޫސްތަކުގެ ހެޑްލައިން ކަމަށެވެ. "އަޅުގަނޑަކަށް ނޭނގެ އަޅުގަނޑަށް ވެސް އިނގެނީ ތިބޭފުޅުނަށް އިނގޭ ވަރަށް ފެންނަނީ ނޫސް ތަކުގެ ހެޑްލައިން" އެ ރަށުގެ ކައުންސިލް ރައީސް ވިދާޅުވިއެވެ. މިނިވަންއަށް މައުލޫމާތުދިން އެރަށު މީހަކު ބުނީ އެކުއްޖާއަށް ޖިންސީ ގޯނާ ކުރާކަން އެކުއްޖާގެ މަންމައަށްވެސް އިނގޭނެ ކަމަށާއި ގްރޭޑް 8 ގައި ކިޔަވަމުން އަންނަ އެ ކުއްޖާ ގިނަދުވަސް ދުވަހު ސުކޫލަށްވެސް ނުފޮނުވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް މިހާރު ޖެންޑާ މިނިސްޓްރީން ވަނީ އެ ކުއްޖާ މާލެ ގެނެސް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ. ޖެންޑާ މިނިސްޓްރީން މިދިޔަ މަހު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. ނޯޓު: ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ރައްކާތެރިކަމަށްޓަކައި ރަށާއި އަތޮޅު ހާމަ ނުކުރަމެވެ.އުތުރުގެ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް 19 މީހުން ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

އުތުރުގެ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް 19 މީހުން ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
