މާލެ: 31°C
އުތުރުގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

އުތުރުގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

July 20, 2023
2 ފަހަރު ބަލާފައި
އުތުރުގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
މޫސުން ގޯސްވެ ރާއްޖޭގެ އުތުރުގެ ބޮޑު ސރަހައްދަކަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓު އޮފީހުން) ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ނެރުނު އެލާޓްގައި ބުނެފައި ވަނީ، ހދ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ވިލާގަނޑުގައި ގާތް ގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ކަމުން މެންދުރު 13:30 އިން ހަވީރު 18:00 އަށް ވަނީ މި އެލާޓް ނެރިފައެވެ. https://twitter.com/MetMaldives/status/1681941050661933056 ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން ދާތީ މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ