މާލެ: 31°C

އުތުރުތިލަފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އަންނައަހަރު ފައްޓަވާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ

February 28, 2025
187 ފަހަރު ބަލާފައި
އުތުރުތިލަފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އަންނައަހަރު ފައްޓަވާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ
އުތުރުތިލަފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އަންނައަހަރު ފައްޓަވާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ އެވެ.

އުތުރުތިލަފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އަންނައަހަރު ފައްޓަވާނެކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ނިންމައި ރަސްމީކޮށް އިފްތިތާޙުކުރުމަށް ރޭ އިއްޒުއްދީން ފާލަން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ މި އަހަރުގެ ތެރޭގައި އުތުރުތިލަފަޅު ހިއްކަން ފަށައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ.

އެގޮތުން މި އަހަރުގެ ތެރޭގައި އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކަން ފައްޓާނެ ކަމަށާއި، އަދި މި އަހަރުގެ ތެރޭގައި ހުޅުމާލެ، ވިލިމާލެ އަދި ގުޅީފަޅުގައި އެތައް ހާސް ހައުސިން ޔުނިޓްގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ގިރާވަރު ފަޅާއި ފުށިދިއްގަރުފަޅު ހިއްކައި ތަރައްގީ ކުރާ ރަސްމާލޭގައި ވެސް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ރޭގެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

އުތުރުތިލަފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ނިންމާފައިވާ ކަން ރައީސް އިއުލާން ކުރެއްވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އުތުރުތިލަފަޅު އިތުރަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމާވާފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ނިންމުން ބަދަލުކުރައްވައި، ޗައިނާއާ އެކު ދަނޑުވެރިކަމުގެ މަޝްރޫއެއް އެ ތަނުގައި ހިންގަން ނިންމެވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ