މާލެ: 31°C
އެޓާނީ ޖެނެރަލްގެ މަގާމަށް އުޝާމު ހުންނެވުމަށް މަޖިލިހުން ރުހުން ނުދިން

އެޓާނީ ޖެނެރަލްގެ މަގާމަށް އުޝާމު ހުންނެވުމަށް މަޖިލިހުން ރުހުން ނުދިން

January 29, 2024
3 ފަހަރު ބަލާފައި
އެޓާނީ ޖެނެރަލްގެ މަގާމަށް އުޝާމު ހުންނެވުމަށް މަޖިލިހުން ރުހުން ނުދިން
އެޓާނީ ޖެނެރަލް ގެ މަގާމަށް އަހުމަދު އުޝާމު ހުންނެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނެވެ. ރައީސް ޑރ. މުއިއްޒު އައްޔަނުކުރެއްވި ކެބިނެޓަށް ރުހުންދިނުމަށް، ދައުރުން ބޭރުން މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ވަކިވަކިން މިނިސްޓަރުންނަށް ރުހުން ދިނުމަށް ވަނީ ވޯޓު ނަގާފައެވެ. ބަންޑާރަ ނައިބަކަށް އުޝާމް ހުންނެވުމަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވި އިރު ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެންބަރުން ނެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި މައްސަލަ ދެ ފަހަރަށް ދިރާސާކުރުމަށްފަހުވެސް ނިންމާފައިވަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ. ނަމަވެސް އިދިކޮޅު މެމްބަރުން މި ވަނީ އުޝާމް ހިމެނިވަޑައި ގަންނަވާހެން ތިން ވަޒީރަކަށް ރުހުން ނުދޭން ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ