އާބަންކޯއިން ހިޔާ ފްލެޓްގައި ދިރިއުޅޭމީހުންނަށް އުމްރާ ޕްރޮމޯޝަނެއް ފަށައިފި

އާބަންކޯއިން ހިޔާ ފްލެޓްގައި ދިރިއުޅޭމީހުންނަށް އުމްރާ ޕްރޮމޯޝަނެއް ފަށައިފި
ލިޔުން:
ހުޅުމާލޭ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ކޮށްގެން އާބަންކޯއިން އުމްރާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އާބަންކޯއިން ކުރި ޓްއީޓެއްގައި ބުނެފައި ވަނީ، މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ތިން މަހަކުން ދެ ނަސީބުވެރިންނަށް އުމްރާ ދަތުރު ދޭން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.
މި ޕްރޮމޯޝަނުގައި އުމްރާ ދަތުރު ލިބެނީ ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ފްލެޓުގެ ކުލިދައްކާ ފަރާތް ތަކުގެ ތެރެއިން ގުރުއަތުން ހޮވޭފަރާތަކަށް ކަމަށް ވެސް އާބަންކޯއިން ވަނީ ބުނެފައެވެ.
އާބަންކޯ އިން ބުނީ، ފްލެޓްތަކުގެ ކުލީގެ އޯވަޑިއުއެއްވާ ނަމަ، ޕޭމަންޓް ޕްލޭންގެ ދަށުން ގަވައިދުން 6 މަސް ވަންދެން ކުލި ދެއްކުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
މީގެ އިތުރުން އާބަންކޯއިން ވަނީ އުމްރާ ދަތުރަކަށް ދިއުމުގެ މިފަދަ ފުރުސަތު ދޫކޮށް ނުލުމަށް ވެސް ފްލެޓުގައި ދިރިއުޅޭފަރާތަކަށް އެދިފައެވެ.
https://twitter.com/hdcmaldives/status/1665325533868195840?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1665325533868195840%7Ctwgr%5E4470e98fee8893aeb9a1b351a21ad5563b9aa2e2%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F882299%2F
ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ ކުލި ނުދައްކާ މައްސަލަ ފެންމަތިވެފައިވާއިރު، ފްލެޓުގައި ދިރިއުޅޭ އެންމެންގެ ޝަކުވާއަކީ ފްލެޓުގެ އަގުބޮޑު ވުމުގެ މައްސަލައެވެ.
އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ސަރުކާރުން ވަނީ ހިޔާ ފްލެޓް އަށް ކޮންމެ މަހަކު 5،300 ރުފިޔާ ކުލީގެ ގޮތުގައި ދެއްކުމަށް 7 އަހަރު ދުވަހުގެ ލުޔެއްދީފައެވެ. އަދި އަދާކުރަންޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
