ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އާބަން ޑިވެލޮޕްމަންޓްގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައި އޮތް މާއްދާއެއްގެ ސަބަބުން ކައުންސިލަރުންނަށް ލިބިދީފައިވާ އިގްތިޞާދީ އަދި މާލީ ބާރުވެރިކަން އެއްކޮށް ނިގުޅައިގަތުމުގެ ފުރުސަތު ސަރުކާރަށް އެ ބިލުން ލިބޭކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ރައްޔިތުންނާ ހިސާބަށް އެޕާޓީން ދާންޖެހޭ ކަމަށާއި އަދި އެފަދަ ބަދަލެއް ވުޖޫދު ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހުނު ހުރިހާ މަސައްކަތެއް ވެސް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ވެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާ ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އިންތިޚާބުކޮށްފައި ތިބޭ ކައުންސިލަރުން ޒިންމާތަކުން އެކަހެރިކުރުމަށް މަސައްކަތް ކުރާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
އާބަން ޑިވެލޮޕްމަންޓު ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ހުޅުވާލާފައެވެ.







