މާލެ: 31°C

ޔުނިވާސިޓީ މުވައްޒަފުންގެ ބޮޑު މުސާރަތައް ރައީސް އިއުލާނުކުރައްވައިފި، ލެކްޗަރާއަކަށް 29،900 ރުފިޔާ

March 2, 2023
2 ފަހަރު ބަލާފައި
ޔުނިވާސިޓީ މުވައްޒަފުންގެ ބޮޑު މުސާރަތައް ރައީސް އިއުލާނުކުރައްވައިފި، ލެކްޗަރާއަކަށް 29،900 ރުފިޔާ
ޔުނިވާސިޓީ މުވައްޒަފުންގެ ބޮޑު މުސާރަތައް ރައީސް އިއުލާނުކުރައްވައިފި، ލެކްޗަރާއަކަށް 29،900 ރުފިޔާ
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް(އައިޔޫއެމް)ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވައިފި އެވެ. ތ.ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރަން އެ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުުވީ ޔުނިވާސިޓީތަކުގެ ލެކްޗަރާއިންނަށް ކުރިން ލިބެމުން އައީ އިތުރު ގަޑިއާއި އެކު 18،880 ރުފިޔާ ކަމަށް ވިޔަސް މިހާރު ލެކްޗަރާ އަކަށް އިތުރުގަޑިއާ ނުލައި ގާތްގަނޑަަކަށް 29،900.ރ ލިބޭނެ ކަމަށެވެ. ސީނިއާ ލެކްޗަރާއަކަށް ކުރިން ލިބުނީ 20،831.ރ ކަމަށް ވިޔަސް މިހާރު 34،000.ރ ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެސިސްޓަންޓް ޕްރޮފެސަރުންގެ މުސާރަ 23،500 ރުފިޔާއިން 39،400 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށާއި އެސޯސިއޭޓް ޕްރޮފެސަރގެ މުސާރަ 26،000 އިން 45،000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ޔުނިވާސިޓީތަކުގެ މެނޭޖްމަންޓްގެ ލެވަލްގައި މަސައްކަތްކުރާ ފަރާތަކުގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ޑީންއަކަށް ނުވަތަ ހެޑް އޮފް ސެންޓަރްގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ މުސާރަ 30،000ރ. އިން 38،000.ރ  އަށް ބޮޑުކޮށްފައިވާ ކަމަށާއި ރަޖިސްޓްރާއިންގެ މުސާރަ 32،0000ރ. އިން 42،0000ރ. އަށް ބޮޑުކޮށް ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ މުސާރަ 39،000ރ. އިން 48،000ރ. އަށް ބޮޑުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެޗްޗަރުންނަށް މިހާރު ލިބޭ 14،700ރ. އިން 26،000.ރ އަށް، އަދި ލެކްޗަރާއިންގެ މުސާރަ 17،000.ރ އިން 29،000.ރ އަށް އަދި ސީނިއަރ ލެކްޗަރާއެއްގެ މުސާރަ 17،000ރ. އިން 34،000ރ. އަށް ބޮޑުކޮށްފައިވާ ކަން ވެސް ރައީސް މިއަދު އިއުލާނުކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ޔުނިވާސިޓީތަކުގެ ޖުމްލަ 767 މުވައްޒަފެއްގެ މުސާރައަށް ގެނައި ބަދަލާ އެކު އެކަމަށް އަހަރަކު 62 މިލިޔަން ރުފިޔާ ދައުލަތުން ހަރަދުވާނެ އެވެ. އެ ބަަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ