މާލެ: 31°C

ޔުނިވާސިޓީތަކުގެ މުސާރަ: އެންމެ ބޮޑު ބަދަލެއް އައީ އެސޯސިއޭޓް ލެކްޗަރާއިންނަށް

March 6, 2023
2 ފަހަރު ބަލާފައި
ޔުނިވާސިޓީތަކުގެ މުސާރަ: އެންމެ ބޮޑު ބަދަލެއް އައީ އެސޯސިއޭޓް ލެކްޗަރާއިންނަށް
ޔުނިވާސިޓީތަކުގެ މުސާރަ: އެންމެ ބޮޑު ބަދަލެއް އައީ އެސޯސިއޭޓް ލެކްޗަރާއިންނަށް
މަތީ ތައުލީމު ދޭ ތަންތަނުގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން ގެނައި ބަދަލުގައި މުސާރައިގެ އެންމެ ބޮޑު ކުރިއެރުމެއް ލިބެނީ އެސޯސިއޭޓް ލެކްޗަރާއިންނަށް ކަން ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ތަފްސީލުތަކުން އެނގިއްޖެ އެވެ. ރައީސްއޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްވި ތަފްސީލުތަކުގައިވާ ގޮތުން މުސާރައިގެ އާ އޮނިގަނޑުގައި އެސޯސިއޭޓް ލެކްޗަރާއިންގެ މުސާރަޔާއި އިނާޔަތްތަކާ އެކު ޖުމްލަ އާމްދަނީ 80 ޕަސެންޓުން އިތުރުވި އެވެ. މުސާރަޔާއި އިނާޔަތްތަކާއި އެކު އެސޯސިއޭޓް ލެކްޗަރާއަކަށް ކުރިން މަހަކު ލިބެނީ އެވްރެޖްކޮށް 14،826.ރ ކަމަށް ވިޔަސް މިފަހަރު ގެނައި ބަދަލާ އެކު 26،649.ރ އިން ލިބޭނެ އެވެ. އެހެންވީމާ އެސޯސިއޭޓް ލެކްޗަރާއިންގެ އާމްދަނީއަށް މި ފަހަރު އިތުރުވީ 11،823.ރ އެވެ. އާ އޮނިގަނޑުގައި އާމްދަނީ އަށް ދެން އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ އެސިސްޓެންޓް ޕްރޮފެސަރުންނަށެވެ.  އެމަގާމުގެ މުސާރައަށް އާ އޮނިގަނޑުގައި 71 ޕަސެންޓްގެ ކުރި އެރުމެއް އަ އެވެ. އެސިސްޓެންޓް ޕްރޮފެސަރު ނުވަތަ ސީނިއާ ރިސާޗް ފެލޯގެ މަގާމުގައި މަަސައްކަތްކުރާ ފަރާތްތަކަށް ކުރިން ލިބެނީ އެވްރެޖްކޮށް މަހަކު 26،380.ރ އެވެ. އާ އޮނިގަނޑުގައި 45،102.ރ ލިބެ އެވެ. އެހެންވީމާ އެމަގާމުގައި ތިބި ފަރާތްތަކަށް ކުރިން ލިބުނު އާމްދަނީ އަށް ވުރެ، 18،722ރ. މިހާރުގެ އޮނިގަނޑުގައި އިތުރުވެ އެވެ. އާ އޮނިގަނޑުގައި ތިން ވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެނީ ޕްރޮފެސަރުންނަށެވެ. އެ މަގާމުގެ މުސާރަ ކުރިއަށް ވުރެ 69 ޕަސެންޓް އިތުރުވި އެވެ. ޕްރޮސެރަކަށް ކުރިން ލިބެނީ 30،500.ރ ކަމަށް ވާއިރު ފަހުގެ އޮނިގަނޑުގައި އެމަގާަމުގެ މުސާރައާއި އިނާުޔަތްތަކާ އެކު 51،518.ރ ލިބެ އެވެ. މިއީ ކުރިއަށް ވުރެ 21،018.ރ އިތުރު އަދަދެކެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ދާއިރާގެ މުސާރައަށް ގެނައި ބަދަލަށް ދައުލަތުން މިއަހަރު 62 މިލިޔަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެެންޔޫ) އަށް ހަރަދުވާ 48.6 މިލިޔަން ރުފިޔާއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް ހަރަދުވާ 10.9 މިލިޔަން ރުފިޔާ އަދި ޕޮލިޓެކްނިކަށް ހޭދަވާ 2.8 މިލިޔަން ރުފިޔާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ