މާލެ: 31°C

އުނގޫފާރު ހޮސްޕިޓަލަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ނިންމައި ހަވާލުކޮށްފި

November 30, 2022
2 ފަހަރު ބަލާފައި
އުނގޫފާރު ހޮސްޕިޓަލަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ނިންމައި ހަވާލުކޮށްފި
އުނގޫފާރު ހޮސްޕިޓަލަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ނިންމައި ހަވާލުކޮށްފި
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަަަށް އިތުރުކުރި އާ އިމާރާތުގެ މަސައްކަތް ނިންމައި އެ އިމާރާތް ސަރުކާރާ ހަވާލުކޮށްފިއެވެ. އުނގޫފާރު ހޮސްޕިޓަލަށް އިތުކުރި ތިން ބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރީ އެލިއާ ކޮންސްޓްރަކްޝަން ކުންފުނިންނެވެ. އެ އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 80 މިލިޔަން ރުފިޔާގެ އަގަކަށެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރި އިމާރާތުގެ ގުރައުންޑު ފުލޯގައި ހުންނަ އެއް ތަނަކީ 10 އެނދުގެ އެމެޖެންސީ ޔުނިޓު (އީއާރު) އެކެވެ އެ ޔުނިޓްގައި ހަތަރު ހައިޑިޕެންޑަންސީ އެނދާއި ހަަތަރު ލޯޑިޕެންޑަންސީ އެނދު ހުރެއެވެ. އާ އިމާރާތާ އެކު އެ ހޮސްޕިޓަލްގައި ރޭޑިއޮލޮޖީ ޑިޕާޓްމަންޓް އެއް ގާއިމުކުރާނެ އެވެ. އެ ޑިޕާޓްމަންޓްގައި އަލްޓްރާ ސައުންޑް ސްކޭން ކުރާ ދެ ތަނަކާއި އާއި އެކްސްރޭ ނަގާ ދެ ތަނަކާއިމެމޮގްރަފީ ހަދާ ތަނެއް ހުންނާނެ އެވެ. ސީޓީ ސްކޭނާއި އެމްއާރުއައި  ހެދުމުގެ ހިދުމަތް ވެސް އެ ޑިޕާޓްމަންޓުން ލިބޭނެ އެވެ. ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް ހާއްސަކޮށްފައި ވަނީ އާ އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ. އެ އިމާރާތުގެ ފުރަަތަމަ ފަންގިފިލާގައި އޮޕަރޭޝަން ތިއޭޓަރެއް ހުންނަ އިރު ދެވަނަ ފަންގިފިލާގައި ހުންނާނީ 10 ކޮޓަރީގެ ޕްރައިވެޓް ވޯޑަކާއި ފިޒިއޮތެރަޕީ ޑިޕާޓުމަންޓެކެވެ އެ އިމާރާތުގެ ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި 310 ކިލޯވޯޓޫގެ ސޯލާޕެނަލް ވަނީ ހަރުކޮށްފަ އެވެ. އުނގޫފާރު ހޮސްޕިޓަލަށް އިތުރުކުރި އިމާރާތުގައި ގާއިމްކުރާ ޑިޕާޓްމަންޓްތަކުގެ މަސައްކަތް ނިންމައި އެތަން ބޭނުންުރަން ފަށާނީ އަންނަ އަހަރު އެވެ. އުނގޫފާރު ހޮސްޕިޓަލަށް އިތުރުކުރި އިމާރާތުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު އެވެ. އެތަނުގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ