މާލެ: 31°C

އދ ގެ ތައުރީފް ފެނަކަ އަށް

އދ ގެ ތައުރީފް ފެނަކަ އަށް
July 5, 2023
2 ފަހަރު ބަލާފައި
އދ ގެ ތައުރީފް ފެނަކަ އަށް

ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރިކާރުން ކަނޑައަޅާފައިވާ ނެޓް ޒީރޯ ސިޔާސަތު ތަންފީޒް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރާ މަސައްކަތާއި މެދު ޔުނައިޓެޑް ނޭޝަންސް ގެ ސެކްރެޓަރީ ޖެނެރަލް ފެނަކައަށާއި ދިވެހި ސަރުކާރަށް ތައުރީފް ކުރައްވައިފި އެވެ.

ފެނަކަ އިން މިއަދު ބުނީ،، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސަޢީދަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ތައުރީފް ކުރައްވާފައިވާ ކަމަށެވެ. ދާދިފަހުން ޚާރިޖީ ވަޒީރު ޝާހިދު އަރިހުގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢީދު މުހައްމަދު ވަނީ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި، ޔުޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އަދި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް ފެނަކަ އިން ކުޜާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ސައީދު ، ސެކްރެޓަރީ ޖެނެރަލް އާއި ހިއްސާކުރައްވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައި ވެއެވެ. އަދި ނެޓްޒީރޯއަށް ވާސިލްކުރުމަށް ރައީސް ޞާލިހްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ނެޓްޒީރޯއަށް ވާސިލްވުމަށް ފެނަކައިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު، ސަޢީދު ވަނީ ސެކްރެޓަރީ ޖެނެރަލް އާއި ހިއްސާކުރައްވާފައެވެ. ސެކްރެޓަރީ ޖެނެރަލް ވަނީ ފެނަކަ އާއި މެނޭޖިންގ ޑިރެކްޓަރު ސައީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފް ކުރައްވައި، އެސްޑީޖީތައް ހާސިލްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ