އދ. އަކީ ރާއްޖޭގެ ކުރިއެރުންތަކުގެ މުހިއްމު ބައިވެރިއެއް: ރަައީސް

އދ. އަކީ ރާއްޖޭގެ ކުރިއެރުންތަކުގެ މުހިއްމު ބައިވެރިއެއް: ރަައީސް
ލިޔުން:
ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ރާއްޖޭގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އ.ދ. އަކީ މުހިންމު ބައިވެރިއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް އާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެޖެންޑާ 30ގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ދަޢުލަތުގެ ކަމާބެހޭ މުހިންމު އިދާރާތަކުގެ ޤާބިލުކަން އިތުރުކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ. އިން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެމުން އަންނަ ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ސޯލިހާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ގިނަ ކަންތައްތަކަކާ ބެހޭ ގޮތުން މަޝްވަރާކެރެއްވި އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ. އެކިއެކި އެހީދޭ ޖަމުޢިއްޔާ ޖަމާޢަތްތައް މެދުވެރިވެގެން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާއި ގުޅޭގޮތުން ކުރެއްވި މަޝްވަރާތައް އޭގެ ތެރޭގައި ހިމެނެ އެވެ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް ކަންކަން ކުރުމަށްޓަކައި، އ.ދ.ގެ ކަމާބެހޭ ޖަމިއްޔާ ޖަމާއަތްތަކާއި، ޕަބްލިކް ސެކްޓާ ގްރޫޕްތަކުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
އުމްރާނީ ވަސީލަތްތައް ގާއިމުވެފައި ހުރި ގޮތުން ހުރި ފަރަގުތައް ކުޑަކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ކުރެވެންހުރި އިންވެސްޓްމަންޓްތައް ބެލުމާ ބެހޭ ގޮތުން ވެސް ރައީސާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް މަޝްވަރާކުރެއްވި އެވެ. އެންމެ ދާއިރާއަކަށް އިގުތިސާދު ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި ވިޔަފާރީގެ ދާއިރާއާއި މަސްވެރިކަން ފުޅާކޮށް އިތުރުގޮތްތައް ހޯދުމާ ގުޅޭގޮތުން ވެސް އެ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
