
އުމުރުން ދުވަސްވީ މީހުންނަށް ޕާސްޕޯޓު ލިބޭނެ ފަސޭހަ ގޮތެއް ހަމަޖައްސައިފި
އުމުރުން ދުވަސްވީ މީހުންނަށް ޕާސްޕޯޓު ލިބޭނެ ފަސޭހަ ގޮތެއް ހަމަޖައްސައިފި
ލިޔުން:
އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގައި އަވަސް، ލުއިފަސޭހަ ހިދުމަތެއް ދެވޭނެ އިންތިޒާމެއް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ބުނީ މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެދުމަށް އަންނަ މީހުންނަށް ހިނދުން ހިނދަށް މި ހިދުމަތް ފޯރުކޮށްދިނުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ބޭނުންނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު އިއްޔެއިން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރަސްމީ ދިވަސްތަކުގައި ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ހިދުމަތް ލިބޭނެ ކަމަށެވެ.
އަދި މެޑިކަލް އިމަޖެންސީގައި ޕާސްޕޯޓަށް އެދޭ މީހުންނަށް ކޮންމެ ވަގުތަކު ހިނދުން ހިނދަށް އެ ހިދުމަތް މިހާރު ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އޭގެ އިތުރުން، މީހުން ޕާސްޕޯޓު ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން އިމިގްރޭޝަންގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ އިންތިޒާމު ވެސް މިހާރު ހަމަޖެހިފައިވާއިރު، ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
