އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑު ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑު ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި
ލިޔުން:
އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑު ވަގަށް ނަގައި އޭގައި ހުރި ފައިސާ ބޭނުންކުރި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ގއ. ވިލިގިލީ އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝްކާޑުން އެއަތޮޅުގެ މާމެންދޫ ބީއެމްއެލް އޭޓީއެމް އިން ފައިސާ ނަގާފައިވާ މައްސަލައެއް ރޭ 20:13 އެހާކަންހާ އިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ގައި، ކާޑު ވަގަށްނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން މާމެންދޫ އިން ވިލިގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި އެ ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި ދެ މީހުން ހައްޔަރުކޮށް އެމީހުން ދަތުރު ކުރި ލޯންޗު ބަލައިފާސް ކުރި އިރު އެ ކޭޝްކާޑު ބޭނުން ކޮށްގެން އެ މީހުން ވަގަށްނެގި ކަމަށް ބެލެވޭ 25000 ރުފިޔާ އިން 23000 ރުފިޔާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ، ގއ. ވިލިގިލީ / ލައިފް، އުމުރުން 22 އަހަރުގެ މުހައްމަދު ޝައިން ޝަމީޒް އާއި ލ. ގަން، ތުނޑި/ ނޯތް ހެވެން، އުމުރުން 24 އަހަރުގެ ހަމްދޫން ހަލީލް އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
