މާލެ: 31°C
އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކަށް މާފުދީފައިވާތީ ކަންބޮޑުވަން: މިނިސްޓަރު އިހުސާން

އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކަށް މާފުދީފައިވާތީ ކަންބޮޑުވަން: މިނިސްޓަރު އިހުސާން

March 5, 2024
3 ފަހަރު ބަލާފައި
އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކަށް މާފުދީފައިވާތީ ކަންބޮޑުވަން: މިނިސްޓަރު އިހުސާން
ޑުރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކަށް މިދިޔަ ފަސް އަހަރު މާފު ދީފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ހޯމް މިނިސްޓްޓްރީގައި އޮތް ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މަސްތުވާތަކެތީގެ ކަންކަމުގައި ހުކުމް އިއްވައިފައި ތިބި ކުށްވެރިން މިނިވަންކޮށްފައި ހުރި ގޮތް ބަލައިފައިވާކަމަށެވެ.
"...ބަލައިލިއިރު ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އުމުރަށް ޖަލަށްލައިފައި ތިބި، ޑްރަގް ޓްރެފިކްކުރުމުގައި ކުށުގައި އުމުރަށް ޖަލަށްލައިފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް އެބައިން ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މައާފުދެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ފަަދަ ބޮޑެތި ކުށްވެރިން މިނިވަންކޮށްފައި ތިބުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ އުމުރަށް ޖަލަށްލުމަށް މީހަކަށް ހުކުމްކުރަނީ ފުލުހުން އެ މީހަކާމެދު ހިންގާ ވަރަށް ބޮޑު ބުރަ ތަހުގީގަކަށްފަހު ސާބިތުވާ މިންވަރަށް ބޮޑެތި ކަންކަން ފާހަގަވުމުންކަމަށެވެ. އަދި އެފަދަ ކުށްވެރިން ތަކުރާކުކޮށް ކުށަތަކަށް އަރައިގަންނަކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ